ބޮޑުވަޒީރު ކަމުން ހަސީނާ އިސްތިއުފާ ދެއްވައި ގައުމު ދޫކުރައްވައިފި

ބޮޑުވަޒީރު ކަމުން ހަސީނާ އިސްތިއުފާ ދެއްވައި ގައުމު ދޫކުރައްވައިފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މުޒާހަރާތަކާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވައި އަދި ގައުމު ދޫކުރައްވައި ވަޑައިގެންފިއެވެ.

ހަސީނާ ގައުމު ދޫކުރެއްވީ ސަރުކާރާ ދެކޮޅަށް ހިންގަމުންދާ ބޮޑެތި މުޒާހަރާތަކާ ގުޅިގެން ފުރާނަ ސަލާމަތް ކުރުމަށް ކަމަށް ބެލެވެއެވެ.  މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަމުން ދަނީ ހަސީނާ ވެރިކަމުން ފައިބައި، އަލުން މިނިވަން އިންތިޚާބެއް ބޭއްވުމަށެވެ. ނަމަވެސް މުޒާހަރާތައް ރޫޅާލުމަށް ސަލާމަތީ ބާރު ތަކުން ނުކުޅެދިފައިވާ ކަމަށް ވަނީ ރިޕޯޓު ކުރެވިފައެވެ.

ސަލާމަތީ ބާރުތަކުން ދަނީ ބަރު ހަތިޔާރާއެކު މަގުތަކުގައި ފޯރި މަރަމުންނެވެ. މިހާތަނަށް ސިފައިންނާއި ފުލުހުންގެ ތެރެއިން 20 މީހުން މަރުވެފައިވާއިރު، އާންމުންގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވަނީ ބުނެވިފައެވެ.  މީގެއިތުރުން، އެތައް ތަނެއްގައި ރޯކޮށް އަންދާލާފައިވާ ކަމަށްވެސް ވަނީ ރިޕޯޓު ކުރެވިފައެވެ.

އަދި މުޒާހަރާތަކާ ގުޅިގެން އެގައުމުގައި އިންޓަނެޓް ވަނީ ކަނޑާލާފައެވެ. މ ި ހާދިސާތަކާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި ބޮޑުވަޒީރު ޝައިޚް ހަސީނާ ފުރާވަޑައިގެންނެވި ތަނެއްވެސް އަދި ސާފެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *