ހިޒްބުاللهގެ ރައްދު- އިޒްރޭލަށް ވަރުގަދަ މިސައިލް ހަމަލާ ތަކެއް ފޮނުވާލައިފި

ހިޒްބުاللهގެ ރައްދު- އިޒްރޭލަށް ވަރުގަދަ މިސައިލް ހަމަލާ ތަކެއް ފޮނުވާލައިފި

ހިޒްބުالله ގެ އިސް ކޮމާންޑަރަކު ޔަހޫދީންގެ ހަމަލާއެއްގައި ޝަހީދު ކޮށްލުމާއިއެކު ބަދަލު ހިފުމުގެ ހަމަލާތައް ހިޒްބުاللهއިން އިޒްރޭލަށް ފޮނުވާލައިފިއެވެ.

އިރާނާއި ލުބުނާނުގެ ބައެއް މީޑިޔާ ތަކުން ރިޕޯޓު ކުރި ގޮތުގައި ދާދި މިއަދު ލުބުނާނުގެ އުތުރުގެ ސަރަހައްދު ތަކުން އިޒްރޭލާއި ދިމާލަށް ގިނަ އަދަދެއްގެ މިސައިލް ތަކެއް ވަނީ ފޮނުވާލާފައެވެ.

އެގޮތުން މި ހަމަލާގެ ބައެއް މަންޒަރުތައްވެސް އަންނަނީ މިހާރު ބައެއް ނޫސް ތަކުން ވަގުތުން ދައްކަމުންނެވެ. އިތުރު ރިޕޯޓުތައް ބުނާ ގޮތުގައި ލުބުނާނުން ފޮނުވާލި ބައެއް މިސައިލްތައް އިޒްރޭލަށް ވަދެފައިވާއިރު އިޒްރޭލުގެ އުތުރުގެ ސަރަހައްދު ތަކުން ސައިރެންގެ އަޑުތައް ދަނީ އިވެމުންނެވެ.

ހިޒްބުالله އިން ހަމަލާތައް ފަށާފައިވާކަން ރަސްމީކޮށް އަދި ހާމަނުކުރި ނަމަވެސް މިއަދު އެޖަމާއަތުގެ އިސް ލީޑަރު ނަސްރުالله ވަނީ ފުއާދު ޝުކުރު އަވަހާރަކޮށްލުމުގެ ބަދަލު ހިފާނެ ކަމުގެ ސީދާ އިންޒާރު އިސްރާއީލަށް ދީފައިއެވެ. އަދި އެ ހަމަލާއާއިއެކު ހަނގުރާމަ އިތުރު ހަރުފަ ތަކަށް ގޮސްފައިވާ ކަމަށާއި ދެން ދޭ ހަމަލާތައް ވަރުގަދަ ވާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ހިޒްބުالله އިން ހަމަލާތައް ފަށާފައިވާކަން މިއަދު އަލްޖަޒީރާގެ މަސްދަރު ތަކުންވެސް ވަނީ ކަށަވަރު ކޮށްދީފައިއެވެ. މައުންޓްސޯވާގެ އާބާދީއަށް ކަޓިއުޝާ ރޮކެޓް ތަކެއް އުދުއްސާލިކަން ހިޒްބުالله ގެ އިސް އޮފިޝަލަކުވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *