ޑްރަގް އޮޕަރޭޝަނެއްގެ ބަދަލު ހިފުމުގެ ގޮތުން ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ޑްރަގް އޮޕަރޭޝަނެއްގެ ބަދަލު ހިފުމުގެ ގޮތުން ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ނ. އަތޮޅުގައި މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަނަކާ ގުޅިގެން އެ އަތޮޅު ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ގެއްލުން ދިނުމަށް ފަހު، ރޭ ދަންވަރު އެހެން ފުލުހެއްގެ ސައިކަލްގައި ރޯކޮށްލައިފިއެވެ.
ފުލުހުންގެ މިއަދު ބުނީ، ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް ފުރަތަމަ ގެއްލުން ދިނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އެހެން ފުލުހެއްގެ ސައިކަލްގައި ރޭ ދަންވަރު ހުޅުޖަހައި، ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ޑްރަގް އޮޕަރޭޝަންތަށް ހިންގާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކުރި ކަމެއް ފުލުހުން ބުންޏެވެ.
ސައިކަލުގައި ރޯކޮށްލީ  ނ. އަތޮޅުގައި ފުލުހުން ހިންގާ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ތުހުމަތު ކުރެވޭ ބައެއް ކަމަށް ފުލުހުން ބުންޏެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *