އީރާނުގައި ހުންނަވަނިކޮށް ހަމާސްގެ އިސް ލީޑަރު ހަނިއްޔާ އަވަހާރަ ކޮށްލައިފި

އީރާނުގައި ހުންނަވަނިކޮށް ހަމާސްގެ އިސް ލީޑަރު ހަނިއްޔާ އަވަހާރަ ކޮށްލައިފި

ހަމާސް ޖަމާއަތުގެ އިސް ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލައިފިއެވެ.

އީރާނުގެ ދައުލަތުގެ މީޑިޔާއިން ހާމަކޮށްފައިވާ ގޮތުގައި ހަނިއްޔާ އަވަހާރަ ކޮށްލާފައި ވަނީ އީރާނުގެ ވެރިރަށް ތެހެރާނުގައެވެ.

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ބަޔާނަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑުގެ ތެރެއިން އެކަކު މަރުވެފައި ވަނީ އެމީހުން ތިބި އިމާރާތުގައި ދިން ހަމަލާ ތަކަކުންނެވެ. އައިއާރުޖީސީގެ ބަޔާނުގައި ބުނެފައި ވަނީ ހަނިއްޔާ ތެހެރާނަށް ވަޑައިގެންނެވީ އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަން ރައީސް ކަމުގެ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އަންގާރަ ދުވަހު ކަމަށެވެ.

ހަމާސްއިން ބުނެފައި ވަނީ ހަނިއްޔާ އަވަހާރަ ކޮށްލާފައި ވަނީ ތެހެރާންގައި ހުންނަ އޭނާގެ ގެކޮޅަށް ޒަޔަނިސްޓުން ހިންގި ޚިޔާނާތްތެރި ރޭޑެއްގައި ކަމަށެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަނިއްޔާ އީރާނުގެ ވެރިރަށް ތެހެރާނުގައި އޭނާގެ ގެކޮޅުގައި އަވަހާރަކޮށްލި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިއަހަރުގެ ކުރީކޮޅު އިސްރާއީލުން ދިން ހަމަލާއެއްގައި އޭނާގެ ތިން ދަރިކަލުން ޣައްޒާގެ އުތުރުގައި ޝަހީދު ކޮށްލައިފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *