ދައުލަތް ހިންގަން ބޭނުންނަމަ ސިޔާސީ މަގާމުތައް އިތުރު ކުރަންޖެހޭ: ސަލީމް

ދައުލަތް ހިންގަން ބޭނުންނަމަ ސިޔާސީ މަގާމުތައް އިތުރު ކުރަންޖެހޭ: ސަލީމް

ވަރުގަދަ ދައުލަތެއް ހިންގަން ބޭނުންވާނަމަ، ސިޔާސީ މަގާމު ތަކުގެ އަދަދު އިތުރު ކުރަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ސަރުކާރުގެ މަގާމު ތަކުގައި ތިބި ސިޔާސީ މީހުންގެ އަދަދު ގިނަވެގެން އެ ވާހަކަ ވާދަވެރި ފަރާތް ތަކުން ދައްކަމުންދާ ކަމަށެވެ. ނަމަވެސް އެއީ ޕީޕީއެމް/ޕީއެންސީން ސަމާލުކަން ދޭނެ ކަމެއް ނޫން ކަމަށް ސަލީމް ވިދާޅުވި އެވެ.

"ބައެއް ހާލަތް ތަކުގައި އެބަ އާދޭ އަޅުގަނޑުމެންނާ ދިމާލަށް ސިޔާސީ މަގާމުތައް މާ ގިނައޭ. ދައުލަތް ވަރުގަދައަށް ހިންގާ ކަމަށްވަންޏާ އަދިވެސް އަޅުގަނޑުމެންނަށް މިޖެހެނީ ސިޔާސީ މަގާމުތައް އިތުރު ކުރަން" ސަލީމް ވިދާޅުވިއެވެ.

ސިޔާސީ މަގާމު ތަކަށް އައްޔަން ކުރަނީ ދިވެހި ރައްޔިތުން ކަމަށާއި އެ މަގާމު ތަކުގައި ތިބީ އަވައްޓެރި ގައުމު ތަކުގެ މީހުން ނޫން ކަމަށާއި އެހެން ކަމުން ކަންބޮޑުވާންޖެހޭ ކަމެއް ނެތް ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ވަޒީފާ ބޭނުން ވެފައިވާ ހުރިހާ ފަރާތް ތަކަށް މި ފަސް އަހަރު ނިމިގެން ދާއިރު ވަޒީފާ ލިބިގެންދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *