ފުޓްބޯޅަ ދަނޑަކަށް ފޮނުވާލި ރޮކެޓު ހަމަލާ އަކުން އިޒްރޭލުގެ 12 މީހުން މަރު ވެއްޖެ

ފުޓްބޯޅަ ދަނޑަކަށް ފޮނުވާލި ރޮކެޓު ހަމަލާ އަކުން އިޒްރޭލުގެ 12 މީހުން މަރު ވެއްޖެ

އިސްރާއީލުން ހިފައިފައިވާ ގޯލާންގެ އުސް ބިން ތަކުގެ ސަރަހައްދުގައި އޮތް ފުޓްބޯޅަ ދަނޑަކަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާއެއްގައި އިސްރާއީލުގެ 12 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުން ބުނެފިއެވެ.

އިސްރާއީލުން ބުނާ ގޮތުގައި އެ ހަމަލާ ދީފައި ވަނީ އީރާނުގެ ތާއީދު އޮންނަ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުﷲ އިންނެވެ. ނަމަވެސް، ހިޒްބުﷲ އިން ވަނީ އެކަން ދޮގު ކޮށްފައެވެ.

އެ ހަމަލާދިން ވަގުތު އެ ތަނުގައި ކުޑަކުދިން ތިބި ކަމަށް ވެސް ބޭރުގެ މީޑިޔާ ތަކުން ރިޕޯޓު ކޮށްފައިވެއެވެ. އިސްރާއީލުގެ ބައެއް ނޫސް ތަކުން ބުނެފައިވާ ގޮތުގައި ގޯލާނަށް 100 އަށްވުރެ ގިނަ މިސައިލް އަމާޒު ކުރިއެވެ. އިސްރާއީލަށް އަމާޒުކޮށް ދިން އެ ހަމަލާ އެމެރިކާއިން ވަނީ ކުށްވެރި ކޮށްފައެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު ވިދާޅުވީ، އިސްރާއީލަށް އަމާޒުކޮށް އެތައް ހަމަލާ ތަކެއް ދެމުން އަންނައިރު، އިސްރާއީލަށް އެހީތެރި ވުމުގައި އެމެރިކާއިން އަބަދުވެސް އޮންނާނެ ކަމަށެވެ.

ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްވެސް ބާއްވާފައިވާ ކަމަށް ބައެއް ބައެއް މީޑިޔާ ތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ދެކެވުނު ވާހަކައެއް، އަދި ހަމަލާއާއި ގުޅިގެން އިސްރާއީލުން އަމަލު ކުރަން ނިންމާފައިވާ ގޮތެއް ސާފެއް ނޫނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ދޭން ފެށިފަހުން ހިޒްބުالله އާއި އިސްރާއީލުންވެސް އަންނަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *