ދައުލަތައް ލިބެންޖެހޭ 513 މިލިއަން ޑޮލަރު އެބަހުރި، އެ ފައިސާއިން އެކަނި ދަރަނި ދައްކާ ހަލާސް ކުރެވޭނެ: ރައީސް

ދައުލަތައް ލިބެންޖެހޭ 513 މިލިއަން ޑޮލަރު އެބަހުރި، އެ ފައިސާއިން އެކަނި ދަރަނި ދައްކާ ހަލާސް ކުރެވޭނެ: ރައީސް

އެކިއެކި ފަރާތްތަކުން ދައުލަތައް ނުދައްކާހުރި 13 ބިލިއަން ރުފިޔާ ނުވަތަ 513 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަންދުވަހުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި ސަރުކާރުތަކުން އެ ފައިސާ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
"ބިމު ކުލީގެ ގޮތުގައި އަޅުގަނޑުމެންނާ ވެރިކަން ހަވާލުވިއިރުގަައި ނުހޯދާ، އެކަމު ދައުލަތަށް ލިބެންޖެހޭ ރައްޔިތުންގެ ފައިސާ މިއީ، 513 މިލިޔަން ޑޮލަރު އެބަހުރި. ޓީޖީއެސްޓީގެ ގޮތުގައި 102 މިލިޔަން ޑޮލަރު ނުހޯދާ، މިއީވެސް ލިބެންޖެހޭ ފައިސާ. ޖީއެސްޓީގެ ގޮތުގައިވެސް 3.3 ބިލިޔަން ރުފިޔާއަށްވުރެ ބޮޑު އެއްޗެއް ނުހޯދާ. ކޯރޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1 ބިލިޔަން ރުފިޔާ ނުހޯދާ. ގާތްގަނޑަކަށް 13 ބިލިޔަން ރުފިޔާގެ ފައިސާ މިހުރީ ނުހޯދާ."  ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ފައިސާ ހޯދިއްޖެނަމަ، މިއީ ދައުލަތުގެ ދަރަނީގެ މައްސަލަ އެއްކޮށްހެން ހައްލުކުރެވޭނެވަރުގެ އަދަދެއް ކަމަށެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *