މެދުވެރިޔަކަށް ޗައިނާ، ފަލަސްތީނުގެ ހުރިހާ ޖަމާއަތަކުން ގުޅިގެން މަސައްކަތް ކުރަން ސޮއި ކޮށްފި

މެދުވެރިޔަކަށް ޗައިނާ، ފަލަސްތީނުގެ ހުރިހާ ޖަމާއަތަކުން ގުޅިގެން މަސައްކަތް ކުރަން ސޮއި ކޮށްފި

ފަލަސްތީނުގެ އެންމެ ބޮޑު، ވާދަވެރި ދެ ޖަމާއަތް ކަމަށްވާ ފަތަހަ ޖަމާއަތާއި އާއި ހަމާސް ޖަމާއަތުގެ އިތުރުން އެހެން ބާރަ ޖަމާއަތަކުންވެސް، ގައުމީ އެއްބައިވަންތަ ކަމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މިއީ އިޒްރޭލުން ގާޒާ ގައި ހިންގާ ހަނގުރާމަ ނިމުމަކަށް އައުމަށް ފަހު، ގާޒާ ފަލަސްތީނުގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވީ އެއްބަސްވުމެއް ކަމަށް އޭއެފްޕީން ބުނެފައިވެއެވެ.

ޗައިނާ އިން މެދުވެރިއެއްގެ ދައުރު އަދާކުރި ވާހަކަ ތަކުގައި އަންގާރަ ދުވަހު އެއްބަސްވުމަކަށް އާދެވުނީ ތިން ދުވަހުގެ މުއްދަތައް ފުޅާދާއިރާއެއްގައި ކުރެވުނު މަޝްވަރާ ތަކަށް ފަހުގައި ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގް ޔީ ވިދާޅުވިއެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ހަމާސް އާއި ފަތަހް ޖަމާއަތުން ސޮއި ކުރިއިރު ފަލަސްތީނުގެ އިތުރު އެހެން ބާރަ ގްރޫޕަކުންވެސް އެއްބަސްވުމުގައި ބައިވެރިވެ ސޮއި ކޮށްފައިވެއެވެ.

ހާމާސް އާއި ފަތަހް ޖަމާއަތުން މީގެކުރިންވެސް އެއްބައިވަންތަ ކަމުގެ އެއްބަސްވުން ތަކުގައި ސޮއި ކޮށްފައި ވީނަމަވެސް، ވާދަވެރިކަން ބޮޑު މި ދެ ޖަމާއަތުން އެ އެއްބަސްވުން ތަކަށް އަމަލު ކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

ޗައިނާގައި ފަލަސްތީނުގެ ޖަމާއަތްތައް ގުޅިގެން ވީ އެއްބަސްވުމަށް އިހްތިރާމް ނުކުރާނޭ ކަމަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ކަޓްޒް އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *