ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދު ސާޅީސް ހާހަށްވުރެ މައްޗަށް

ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދު ސާޅީސް ހާހަށްވުރެ މައްޗަށް

އިސްރާއީލުން ފަލަސްތީނުގެ އިތުރު 84 މީހަކު ޝަހީދުކޮށް، ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު ސާޅީސް ހާހަށްވުރެ މައްޗަށް އަރައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 40،000 އަށް އަރާފައިވާއިރު، ހަމަލާ ތަކުގައި 100،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

"ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އާއިލާތަކާއި ދެކޮޅަށް ހިންގި 8 ގަތުލުއާންމުގައި އިސްރާއީލު ސިފައިން 84 މީހުން ޝަހީދުކޮށް، 329 މީހުން ޒަޚަމްކޮށްލި،" ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގައި އޭގެތެރެއިން 73 މީހުން ޝަހީދު ވެފައިވާކަން ފާހަގަކޮށް އެ މިނިސްޓްރީން ބުންޏެވެ.

އަދި ސަލާމަތްކުރާ މީހުންނަށް އެމީހުންނާ ހަމައަށް ނުދެވުމުގެ ސަބަބުން އަދިވެސް ގިނަ ބަޔަކު ތިބީ ކުނި ތަކެއްގެ ދަށުގައި އަދި މަގުމަތީގައި ތާށިވެފައި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާއަށްފަހު ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ އަނިޔާވެރި ޙަމަލާ ތަކުގެ ސަބަބުން، އދ.ގެ ސަލާމަތީ މަޖިލީހުން މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލި ޤަރާރާއި ޚިލާފަށް އިސްރާއީލުން އަމަލު ކުރަމުން ދާތީ ބައިނަލްއަޤްވާމީ ގޮތުން ވަނީ ކުށްވެރިކޮށްފައެވެ.

އިސްރާއީލު ހަނގުރާމައަށް 9 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޣައްޒާގެ ބޮޑު ބައެއް ވަނީ ކާބޯތަކެއްޗާއި ސާފު ފެނާއި ބޭސްވެރިކަން ހުއްޓުމަކަށް އައިސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *