ރައީސް ކަމަށް ވާދަ ނުކުރަން ބައިޑަން ނިންމަވައިފި

ރައީސް ކަމަށް ވާދަ ނުކުރަން ބައިޑަން ނިންމަވައިފި

އެމެރިކާގެ ރިޔާސަތުގައި މިވަގުތު ހުންނެވި ޑިމޮކްރަޓްސްގެ ކެނޑްިޑޭޓް ރައީސް ޖޯ ބައިޑަން އެމެރިކާގެ ރިޔާސީ އިންތިހާބުގެ ރޭގުން ވަކިވެވަޑައިގެންފިއެވެ.

އެމަނިކުފާނު އެގޮތަށް ނިންމާފައި މިވަނީ ޑިމޮކްރަޓްސްގެ ނުފޫޒުގަދަ ގިނަ ބޭފުޅުން ތަކެއް ބައިޑަން ރިޔާސީ ރޭހުގައި ވާދަ ނުކުރެއްވުމަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. މީގެކުރިން އެމަނިކުފާނު ވަނީ އެގޮވާލުން ތަކަށް އިޖާބަ ނުދެއްވައި، ކެންޕޭނާއިގެން ކުރިއަށް ވަޑައިގެންފައެވެ.

މިވަގުތު ތިންވަނަ ފަހަރަށް ކޮވިޑް ޖެހުމާއި ގުޅިގެން އެކަހެރިވެ ވަޑައިގެން ހުންނެވި ބައިޑަން ވަނީ އާލާސްކަންފުޅާ އުޅުއްވާތީ ކެމްޕޭންވެސް މަޑުޖައްސާލާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އެކްސްގައި ނެރުނު ބަޔާނެއްގައި ވިދާޅުވީ 2024 ވަނަ އަހަރުގެ އިންތިޚާބުގައި ކެންޑިޑޭޓުގެ މަގާމުން ވަކިވެވަޑައިގަންނަވާ ކަމަށާއި، އޭނާގެ ނިންމުމާ ބެހޭ ގޮތުން "މި ހަފްތާގެ ފަހުކޮޅު" ގައުމާ ވާހަކަ ދައްކާނެ ކަމަށެވެ.

މިދިޔަ މަހުގައި  އޮތް ބަހުސްގައި ބައިޑަން ދެއްކި ދަށް ޕާފޯމަންސްގެ ސަބަބުން އޭނާއަށް ޑިމޮކްރެޓުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ. އެފަރާތް ތަކުން ވަނީ ބައިޑަންގެ ސިއްހީ ހާލުކޮޅާމެދު ސުވާލު އުފައްދާފައެވެ.

ކުއްލިގޮތަކަށް ބައިޑަންގެ ރޭހުން ވަކިވެވަޑައިގަތުމުން ދެން ޑިމޮކްރަޓްސްގެ ކެންޑިޑޭޓް އަކަށް ވުމުގެ ފުރުސަތު އެންމެ ބޮޑު އެއް ބޭފުޅަކީ ބައިޑަންގެ ރަނިންމޭޓް، ނައިބު ރައީސް ކަމާލާ ހާރިސްއެވެ. އަދި ރައީސް ބައިޑަން ވަނީ ކަމާލާއަށް ކެންޑިޑޭޓް ކަން ދެއްވުމަށް އެދިވަޑައިގެން އެކަމަނާ އެންޑޯސް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *