ބަގްދާދީގެ އަންހެނުން ދަންޖައްސަން އިރާގުގެ ކޯޓަކުން ހުކުމް ކޮށްފި

ބަގްދާދީގެ އަންހެނުން ދަންޖައްސަން އިރާގުގެ ކޯޓަކުން ހުކުމް ކޮށްފި

އިރާގުގެ ކޯޓަކުން އިއްޔެ ނިންމި ނިންމުމެއްގައި، މަރުވެފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގްދާދީގެ އަނބިކަނބަލުން އަސްމާ ފަވްޒީ މުހަންމަދް އަލް-ގުބޫރީ ދަންޖައްސަން ހުކުމް ކޮށްފިއެވެ.

މި ހުކުމް އިއްވާފައި ވަނީ އޭނާ އައިއެސް ޖަމާއަތަށް އެހީތެރިވެދިނުމުގެ ކުށުން ކުށްވެރިވުމާ ގުޅިގެންނެވެ. އިރާގުގެ ސުޕްރީމް ޖުޑީޝަލް ކައުންސިލުން ބުނެފައިވާ ގޮތުގައި، އަސްމާ ފަވްޒީ މުހަންމަދް އަލް-ގުބޫރީއަކީ އައިއެސް ޖަމާއަތުގެ ޓެރަރިސްޓް ޙަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. އަދި އޭނާ ވަނީ އައިއެސް ޖަމާއަތަށް ލޮޖިސްޓިކަލް އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެއިތުރުން، އައިއެސް ޖަމާއަތުގެ އެހެން މެންބަރުންނަށް އެހީތެރިވެދިނުމުގައިވެސް އޭނާގެ ދައުރު ބޮޑު ކަމަށް ކޯޓުން ބުނެފައިވެއެވެ.

އަބޫ ބަކުރު އަލް-ބަގްދާދީ މަރުވެފައި ވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި، އެމެރިކާގެ ސްޕެޝަލް ފޯސަސްއިން ސީރިއާގައި ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ މަރުވުމާ ހަމައަށް، އައިއެސް ޖަމާއަތުގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުރީ އޭނާއެވެ. އަބޫ ބަކުރު އަލް-ބަގްދާދީގެ ލީޑަރޝިޕްގެ ދަށުން، އައިއެސް ޖަމާއަތުން ވަނީ އިރާގާއި ސީރިއާގެ ބޮޑު ބައެއް އަތުލައިގަނެ، އެތައް ބަޔަކު މަރާލައި، އަދި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ނުރައްކާތެރި ޓެރަރިސްޓް ޙަމަލާތައް ދީފައެވެ.

އަސްމާ ފަވްޒީ މުހަންމަދް އަލް-ގުބޫރީ ހައްޔަރު ކުރެވުނީ 2019 ވަނަ އަހަރުގެ ޖޫން މަހު، ޓަރކިޝް އިންޓެލިޖެންސް އޭޖެންސީގެ އެހީތެރިކަމާއެކު އިރާގު ސަލާމަތީ ބާރު ތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. އޭގެފަހުން، އޭނާ ވަނީ އިރާގުގެ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ޝަރީއަތް ކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *