ޓްރަމްޕްގެ ރަނިންމޭޓަށް، ނައިބު ރައީސް ކަމާލާގެ ބަހުގެ ހަމަލާ ތަކެއް

ޓްރަމްޕްގެ ރަނިންމޭޓަށް، ނައިބު ރައީސް ކަމާލާގެ ބަހުގެ ހަމަލާ ތަކެއް

ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަޕްގެ ރަނިންމޭޓަކަށް ހަމަޖައްސާފައިވާ އެމެރިކާގެ ކޮންގްރެސް މެމްބަރު ޖޭޑޭ ވެންސްއަށް، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ނައިބު ރައީސް ކަމާލާ ހާރިސް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ކަމާލާ ހާރިސްގެ ބަހުގެ ހަމަލާތަކެއް ވެންސް އަށް ދީފައިވަނީ އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި އޭނާ ވިދާޅުވެފައި ވަނީ ވެންސް އަކީ 2020 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާ ބަދަލު ކުރަން މަސައްކަތް ކުރި މީހެއް ކަމަށެވެ. އަދި އެމެރިކާގެ ޑިމޮކްރަސީއަށް ނުރައްކާވާ ފަދަ ގޮތަކަށް އަމަލު ކުރި މީހެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ވެންސް އަކީ އަންހެނުންގެ ޙައްޤުތަކަށް ތާއީދު ނުކުރާ މީހެއް ކަމަށާއި، އޭނާގެ ސިޔާސަތު ތަކަކީ އެމެރިކާގެ ގިނަ ރައްޔިތުންނަށް ގެއްލުން ލިބޭނެ ކަންކަން ކަމަށެވެ.

މިއީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ދެ ޕާޓީގެ މެދުގައި ހޫނުވަމުންދާ ވާދަވެރިކަމުގެ ތެރެއިން ފެނިގެންދިޔަ އިތުރު މަންޒަރެކެވެ.

އެމެރިކާގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ކުރީގެ ރައީސް ޓްރަމްޕް އަށް ބަޑިން ހަމަލާދީފި އަވަހާރަ ކޮށްލުމަށްވެސް މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް މަރާލަން ދިން އެހަމަލާއިން އޭނާ ވަނީ ސަލާމަތްވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *