އައްޑޫ ޕޮލިސް އެކަޑަމީ އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ

ޕޮލިސް އެކަޑަމީގައި ކާނާ ވިހަވި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް ޝާހިދު ގޮވާލައިފި

ޕޮލިސް އެކަޑަމީގައި ކާނާ ވިހަވި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް ޝާހިދު ގޮވާލައިފި

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކަޑަމީގެ ދަރިވަރުން ކާނާ ވިހަވި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޝާހިދު މިކަމަށް ގޮވާލެއްވީ، ކާނާ ވިހަވި ދަރިވަރުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، އަދި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މިނިވަން ތަހުގީގެއް ކުރުމަށް އެދި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

"‏އައްޑޫ ޕޮލިސް އެކަޑަމީގައި ކާނާ ވިހަވި ދަރިވަރުންނަށް އަވަސް ޝިފާއެއް އެދި الله سبحانه وتعالى ގެ ކިބަފުޅަށް ދުޢާ ކުރަން. ‏މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މިހާދިސާގެ މިނިވަން ތަހުޤީޤެއް ހެދުމަށް ގޮވާލަން،" ފުލުހުންގެ އިދާރާއަށް ޓެގް ކުރައްވައި ކުރެއްވި ޕޯސްޓުގައި ޝާހިދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކަޑަމީގެ ދަރިވަރުން ތަކެއް ކާނާ ވިހަވުމުގެ ހާދިސާގައި ބައެއް ދަރިވަރުންގެ ހާލު ސީރިއަސްވެ އައިސީޔޫގައިވެސް ބަޔެއް ދަރިވަރުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ރޭގެ ވަގުތެއްގައި ބުނީ ގިނަ ދަރިވަރުން ތަކެއް ބަލިވެ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު ވަނީ އެނދުމަތި ކޮށްފައި ކަމަށެވެ. އަދި މިކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް ބަލަމުންދާ ކަމަށެވެ. އެނގިފައިވާ ގޮތުގައި 32 ދަރިވަރަކު ވަނީ ކާނާ ވިހަވެފައެވެ.

ފުލުހުން އެ ހާދިސާގެ އިތުރު މައުލޫމާތު ހިއްސާކޮށް ފަހުން ބުނީ، 32 ދަރިވަރުންގެ ތެރެއިން 5 ދަރިވަރަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. އައިސީޔޫގައި ފަރުވާ ދެމުންދާ 5 ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ކާނާ ވިހަވި ދަރިވަރުންނަކީ އަންނަ ހޮނިހިރު ދުވަހު ފުލުހުންގެ ބޭސިކް ޓްރެއިނިންގ ފަށާ ބެޗުގެ ދަރިވަރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *