ރަށްރަށުގައި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން ފައިސާއެެއް ނެތް: މިނިސްޓަރު

ރަށްރަށުގައި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން ފައިސާއެެއް ނެތް: މިނިސްޓަރު

ދައުލަތުގެ މިއަހަރުގެ ބަޖެޓްގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއަށް ހުރި ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ނެތް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަހަރަށް ބަޖެޓް ކޮށްފައި ހުރި، ރަށްރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް މިއަހަރު ތެރޭގައި ފެށޭނެ އެއްވެސް އުއްމީދެއް އެބައޮތްތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި އެ މިނިސްޓްރީއަށް ހުރި ޕްރޮޖެކްޓްތައް ކުރިއަށް ގެނދާނަމަ 9 ބިލިޔަން ރުފިޔާ ބޭނުންވާ ކަމަށެވެ. މިއަހަރު ކުރިއަށް ގެންދަން ސޮއި ކޮށްފައި ހުރި މަޝްރޫއުތައް އެކަނި ކުރިއަށް ގެންދަންވެސް 7 ބިލިޔަނަށް ވުރެން ގިނަ ރުފިޔާ ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ، އެކަން ތައްތަކަށް އެ މިނިސްޓްރީއަށް ބަޖެޓުން ލިބެން ހުރީ 5 ބިލިޔަން ރުފިޔާއާއި ގާތްކުރާ އަދަދެއް ކަމަށެވެ.

އެހެން ކަމުން މިހާރު ސޮއި ކޮށްފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދެވޭ ވަރަކަށްވެސް ފައިސާނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، 49 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކުރި ނަމަވެސް އޭގެ ވަރަށް ބޮޑު ބަޔަކީ ދަރަނި ނަގައިގެން ހަމަޖައްސަންޖެހޭ ކަމެއް ކަމަށެވެ. އެހެން ކަމުން ފައިސާ ހޯދުމުން ނޫނީ ކަންކަން ކުރިއަށް ނުގެންދެވޭނެ ކަށްވެސް ވިދާޅުވިއެވެ.

ފައިސާ ލިބޭއިރަށް އެ ހުރހާ ޕްރޮޖެކްޓެއް ކުރިއަށް ގެންދެވޭނެ ކަމަށާއި، އެކަމަށް އޮތީ ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *