އަހަރެމެންނަކީ ހަނގުރާމައަށް ބިރު ގަންނާނެ ބަޔެއް ނޫން: ޙިޒްބުﷲ

އަހަރެމެންނަކީ ހަނގުރާމައަށް ބިރު ގަންނާނެ ބަޔެއް ނޫން: ޙިޒްބުﷲ

ހިޒްބުﷲ އަކީ ހަނގުރާމައިގެ ބިރު ގަންނަ ބައެއް ނޫން ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

ހިޒްބުﷲ އިން ބުނަނީ މީގެ ކުރިންވެސް ދުޝްމަނަށް އޮންނަނީ އެކަން ސާފުކޮށް އެނގިފައި ކަމަށެވެ. އިޒްރޭލުގެ ހަމަލާއެއްގައި މަރުވި ހިޒްބުﷲ ގެ ކޮމާންޑަރެއްގެ ހަނދާނުގައި ލުބުނާނުގެ ބެއިރޫތުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ހިޒްބުﷲގެ ލީޑަރު، ނަސްރުﷲ ހާމަ ކުރެއްވި ގޮތުގައި މިހާތަނަށްވެސް ދުޝްމަނަށް (އިޒްރޭލަށް) އެކަން އޮންނާނީ ހިޒްބުﷲ އިން އެކަން ސާބިތު ކޮށްދީފައި ކަމުގައެވެ.

މިއީ ލުބްނާން އާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ފަށާނެ ކަމަށް ބުނެ އިޒްރޭލުން ބިރު ދައްކަމުންދާ ދިއުމާ ގުޅިގެން އެ ޖަމާއަތުން އިޒްރޭލަށް ދީފައިވާ ރައްދެއް ކަމަށް ޚަބަރުތައް ބުނެއެވެ. އޭގެ އިތުރުން ނަސްރުﷲ ވަނީ އިޒްރޭލްގެ ކެބިނެޓް މިނިސްޓްރ ޔޯވ ގަލަންޓް ހަނގުރާމައާބެހޭ ގޮތުން ދެއްކެވި ވާހަކަ އަށްވެސް އިޝާރާތް ކުރައްވާ ވާހަކަ ދައްކަވާފައެވެ.

އިޒްރޭލުގެ މިނިސްޓަރ ވިދާޅުވީ، ގާޒާގެ ހަނގުރާމަ ހުއްޓާލިޔަސް އަދި އޭގެ މާނައަކީ ލުބުނާނު ހަނގުރާމަ ހުއްޓާލުން ނޫން ކަމުގައެވެ. އިޒްރޭލުގެ މިނިސްޓަރ ޔޯވް ގަލަންޓްގެ މި ވާހަކަ އަށް ރައްދު ދެމުން ނަސްރުﷲ ބުނުއްވީ، ދުޝްމަނުން ހަމަލާ އެއް ދީފިނަމަ އެ ހަމަލާ އަކުން ފުރިހަމަ އަށް ދިފާޢު ވުމުގެ އިތުރުން ކުޅިބަލަން މަޑުންވެސް ނުތިބޭނެ ކަމަށެވެ. ހިޒްބުﷲ އާ އިޒްރޭލާ ދެމެދުގައި މަސްރަހް ދުވަހެއް ދުވަހެއް ގޯސް ވަމުން ގޮސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިހާރުވެސް ދެފަރާތުގެ ދެމެދުގައި ހަމަލާތައް އަންނަނީ ބަދަލު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *