ކެރަލާ ސްޓޭޓުގައި ނުރައްކާތެރި ބައްޔެއް ފެތުރެނީ، އިންޑިޔާއަށް ދަތުރުކުރާ ދިވެހިން ސަމާލުވާތި!

ކެރަލާ ސްޓޭޓުގައި ނުރައްކާތެރި ބައްޔެއް ފެތުރެނީ، އިންޑިޔާއަށް ދަތުރުކުރާ ދިވެހިން ސަމާލުވާތި!

އިންޑިޔާގެ ކެރެލާ ސްޓޭޓުގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ، "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ފެތުރެމުން ދާތީ ދިވެހިން ސަމާލުވާން އިންޑިޔާގެ، ޓްރިވަންޑްރަމްގައި ހުންނަށް ރާއްޖޭގެ ކޮންސިއުލޭޓުން އިލްތިމާސް ކޮށްފިއެވެ.

ކޮންސިއުލޭޓުން ބުނީ ކެރެލާގެ ސިއްހީ އިދާރާ ތަކުން ވަނީ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ބައްޔަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި ކަމަށެވެ.

"ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ބަލީގެ އަލާމަތް ތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމާއި ހޮޑުލުމާއި ކަނދުރާގެ ނާރު އެރުމާއި ވާނުވާ ނޭނގުން އަދި ފިޓު ޖެހުން ފަދަ ކަންކަކް ހިމެނޭ ކަމަށް ކޮންސިއުލޭޓުން ބުންޏެވެ. އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ކޮންސިއުލޭޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮންސިއުލޭޓުން ބުނީ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ބައްޔަކީ ކަންފަތުން ނުވަތަ ނޭފަތުން ހަށިގަނޑު ތެރެއަށްދާ ޖަރާސީމަކަށް ވާތީ ކޯރު ފަދަ ތަންތަނަށް މި ދުވަސްވަރު އެރުން ރައްކާތެރިއެއް ނޫން ކަމަށެވެ.

އަދި ސްވިމިން ޕޫލަށް އެރޭ ނަމަވެސް ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް އިޔާ ބަޑް ނުވަތަ ނޭސަލް ކްލިބް ބޭނުން ކުރުމަށް ކޮންސިއުލޭޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *