ރައްޔިތުން ވަނީ ސިޔާސީ މައިދާނުން ޔާމީން އެކަހެރި ކޮށްފައި، މިހާރު ބަލައެއް ނުގަނޭ: ފައިސަލް

ރައްޔިތުން ވަނީ ސިޔާސީ މައިދާނުން ޔާމީން އެކަހެރި ކޮށްފައި، މިހާރު ބަލައެއް ނުގަނޭ: ފައިސަލް

ރާއްޖޭގެ ރައްޔިތުން ވަނީ ކުރީގެ ރައީސް ކުރީގެ އަބްދުﷲ ޔާމީން ސިޔާސީ މައިދާނުން އެކަހެރި ކޮށްފައި ކަމަށް ޓޫރިޒްމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ޔާމީން ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ފޮޓޯފުޅު ވިއްކަވައިގެން ކަމަށެވެ. ވެރިކަމަށް ވަޑައިގެން ކުރެއްވި ކަމަކީ މައުމޫން އާއި އިތުރު ސިޔާސީ ލީޑަރުން ޖަލަށްލުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

ޔާމީން އެކަން ކުރެއްވީ ބިރުވެރި މާހައުލެއް އުފައްދައިގެން 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވަން ކަމަށާއި ނަމަވެސް އެ މަނިކުފާނު ފެއިލްވީ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެ އިންތިހާބުގައި ރައްޔިތުން ވަނީ ސިޔާސީ މައިދާނުން ޔާމީން އެކަހެރި ކޮށްފައި ކަމަށާއި ރައްޔިތުން މިހާރު ޔާމީން ބަލައިނުގަންނަ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް 2014 ވަނަ އަހަރު ޕާޓީއަށް މީހުން ހަމަނުވެގެން ފޯމު ފުރަން ނުކުތީ މިހާރު ޕީއެންސީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އެހެންވެ، ޔާމީނަށް ދެއްކޭނެ އިތުރު ވާހަކައެއް ނޯންނާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ސިޔާސީ ގޮތުންނާއި އިލްމީ ގޮތުންވެސް މުއިއްޒަކީ، ޔާމީނަށްވުރެ މޮޅު ބޭފުޅަކަށް ވާތީ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އެނގިވަޑައިގަންނަވަނީ ހަމައެކަނި ޔާމީނަށް ނޫން ކަމަށާއި ރައީސް މުއިއްޒަަަށްވެސް އިގްތިސޯދު އެގިވަޑައިގަންނަވާ ކަމަަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *