އަނެއްކާވެސް މާލޭގައި މީހަކު ރަހީނު ކޮށްފި

އަނެއްކާވެސް މާލޭގައި މީހަކު ރަހީނު ކޮށްފި

މާލޭގައި މީހަކު ރަހީނުކޮށް ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ހުއްދަ ނޫން ގޮތެއްގައި މީހުން ހިފެހެއްޓުމާއި ފޭރުމާއި ބިރު ދެއްކުމުގެ އިތުރުން، އޮރިޔާން ކާޑު އުފެއްދުމުގެ ތުހުމަތެވެ. ކޯޓު އަމުރުގައި ބުނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީސީޓީވީ ސްނެޕްޝޮޓާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން އަނިޔާ ލިބުނު ފަރާތުން ފާހަގަކުރި ގަޑި ތަކުގައި އޭނާ އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައިވާ މަންޒަރު ފެންނަ ކަމަށް ފޫޓޭޖުން ފެންނަ ކަަމަށް މައްސަލަ ބަލާ ފުލުސް މީހާ ބުނެފައި ވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *