ފިޗް ރޭޓިންއިން ސާފުވަނީ އިގްތިސޯދީ ޕްލޭނެއް ސަރުކާރުގައި ނެތްކަން: ފައްޔާޒު

ފިޗް ރޭޓިންއިން ސާފުވަނީ އިގްތިސޯދީ ޕްލޭނެއް ސަރުކާރުގައި ނެތްކަން: ފައްޔާޒު

ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރުމުން އެނގުނީ އިގްތިސޯދު ކުރިއެރުވުމާއިގުޅޭ ޕްލޭނެއް ސަރުކާރުގައި ނެތްކަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ "ޚަބަރަށްފަހު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި އެއިރުގެ އިގުތިސާދީ ހާލަތު ބެލުމަށް ފަހު ފިޗުން ނިންމީ އެއިރު ދީފައި އޮތް ރޭޓިންކަމަށްވާ ބީ މައިނަސް ދެމެހެއްޓުމަށް ކަމަށެވެ. އާންމު ގޮތެއްގައި ރޭޓިން ދޭ އެޖެންސީ ތަކުން ގައުމުތައް ރޭޓިން ދޭ އުސޫލަކީ އެއިރެއްގެ އިގުތިސާދީ އަދި މާލީ ހާލަތަށް ރިއާޔަތް ކުރުން ކަމަށެވެ. ކުރިން އޮންނަ ހާލަތަކަށް ބަލައިގެން ރޭޓިން ނުހަދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދިޔައިރު 2023 ގެ އޮކްޓޯބަރުގައި އައިސް ފިޗުން ޓެސްޓުތައް ހެދި. ހަދާފައި ބުނީ ރަނގަޅޭ ހިފަހައްޓާށޭ. މިހާރު ތިޔަ ހުރި ޑިރެކްޝަން ރަނގަޅޭ. އެހެންވީމާ އެކިޔާ ޕްލަސްއެއްގައި [ކްރެޑިޓް ރޭޓިން] ހިފަހެއްޓީ،" ފައްޔާޒު ވިދާޅުވިއެވެ.

"ހަތް މަސް ފަހުން އައިސް އެމީހުން ބަލައިލިއިރު ކަމުދާކަށް ނެތް. ތެޔޮ އެއްޗެހި ކަނީ، ކަރޯކޭ ހަދަނީ. މިހެން ގޮސް އެއްވެސް ކޮންޓްރޯލެއް ނެތި މިހުރިހާ ސަކަރާތެއް ޖެހީމާ ފިޗުން ބުނީ ކޮލެސްޓްރޯލް ވަރަށް މައްޗޭ، ހަކުރު ހުރީ ސްޓްރޯކެއް ޖެހޭ ހިސާބުގައޭ. އެހެންވީމާ [ކަންކަން ހުރީ] ވަރަށް ނުރައްކާ ހިސާބައެއްގައޭ، މަރުވެދާނެއޭ ބަދަލު ނުކޮށްފިއްޔާ،" ފައްޔާޒު ވިދާޅުވިއެވެ.

ފިޗުގެ ރޭޓިންއިން ދައްކައި ދެނީ އެމްޑީޕީގެ ސަރުކާރުގައި ރަނގަޅު މިސްރާބަކަށް އަޅުވާފައި އޮތް އިގުތިސާދު ކުރިއަށް ގެންދާނެ ޕްލޭނެއް މި ސަރުކާރުގައި ނެތިގެން އަނގަ ވަތަށް ވައްޓާލާފައިވާކަން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *