ވަގަށް އެތެރެކުރި 22 ވެހިކަލާއި ސްޕެއާޕާޓްސް ތަކެއް ދައުލަތަށް ނަގަން ހުކުމް ކޮށްފި

ވަގަށް އެތެރެކުރި 22 ވެހިކަލާއި ސްޕެއާޕާޓްސް ތަކެއް ދައުލަތަށް ނަގަން ހުކުމް ކޮށްފި

މީހަކު ސިއްރުން ރާއްޖެ އެތެރެކުރި 22 ވެހިކަލާއި، ސްޕެއާޕާޓްސް ތަކެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ ގދ.ތިނަދޫ ލާޓް އަލީ އަސްބާހް ނިޒާރުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކުރީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި އޭނާ ރަޖިސްޓްރީ ކޮށްފައިވާ "މެޓްރޮކްސް" ގެ ނަމުގައި ޕްލައިވުޑް އާއި ޓިމްބާގެ ގޮތުގައި ކަސްޓަމްސްގެ ދެ ޑިކްލަރޭޝަނުން މުދާ ޑިކްލެއާކޮށް އެ ދެ ޑިކްލަރޭޝަން ޕްރޮސެސް ކުރުމަށްފަހު، ކްލިއާކޮށްގެން ޕޯޓްސް ލިމިޓެޑް ސަރަހައްދުން ނެރެގެން ގެންދިޔަ ދެ ކޮންޓޭނަރުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ވެހިކަލް ތަކެއް ނެރެފައިވާ މައްސަލައެއްގައި، އޭނާ ސިއްރުން މުދަލުގެ ގޮތުގައި ވެހިކަލް ތަކެއް ރާއްޖެ އެތެރެ ކުރިކަން ކަސްޓަމްސްގެ ތަހުގީގަށް ސާބިތުވެފައި ވާތީ، އެ މުދާތައް ދައުލަތަށް ނެގުމަށްޓަކައި ކޯޓު އަމުރަކަށް އެދިއެވެ.

މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ، އަލީ އަސްބާހް ނިޒާރުގެ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ "މެޓްރޮކްސް" ގެ ނަމުގައި ރާއްޖެއަށް އެތެރެކޮށްފައިވާ ވެހިކަލް ތަކަކީ އޭނާއާ ގުޅުމެއް ހުރި ވެހިކަލް ތަކެއް ނޫން ކަމަށް ބުނި ނަމަވެސް، އެތަކެތި އެތެރެކޮށްފައި ވަނީ، އެކަމަށްޓަކައި ދޭ ޔޫސާނޭމާއި ފާސްވޯޑް ބޭނުން ކޮށްގެން ކަމަށެވެ. އަދި މި ލޮގިން ބޭނުން ކުރީ އޭނާ ނޫންކަން އޭނާއަށް ސާބިތުކޮށްދެވިފައި ނެތް ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ކަމުން މި މުދަލަކީ ސިއްރުން އެތެރެކޮށްފައިވާ މުދަލެއްކަން މަދަނީ މިންގަނޑުން ސާބިތުވާތީ، ކަސްޓަމްސްގެ ޤާނޫނުގެ ދަށުން މި ދައުވާގައި ބަޔާން ކޮށްފައިވާ 22 ވެހިކަލާއި ސްޕެއާޕާޓްސްގެ މައްޗަށް ހިމެނޭ، މުދަލަކީ ދައުލަތަށް ނެގުމުގެ އަމުރު ދެވިފައިވާ މުދާކަމަށް ހުކުމްކުރާ ކަމަށްވެސް އެ ހުކުމުގައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *