ފޭކު ޕާސްޕޯޓު ތަކެއްގައި ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ހިފަހައްޓައިފި

ފޭކު ޕާސްޕޯޓު ތަކެއްގައި ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ހިފަހައްޓައިފި

ކައުންޓާފީޓް ޕާސްޕޯޓް، ނުވަތަ ނަކަލު ކޮށްފައިވާ ޕާސްޕޯޓު ތަކެއް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ހަތަރު ބިދޭސީއެއް އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ މިދިޔަ ބުދަ ދުވަހު ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރީ 28 އަހަރުގެ ބިދޭސީއަކާއި، 31 އަހަރުގެ ބިދޭސީއަކާއި، 25 އަހަރުގެ ބިދޭސީއަކާއި 22 އަހަރުގެ ބިދޭސީއެއް ކަމަށެވެ. އެ މީހުން އަތުން ފެނިފައި ވަނީ ކޮން ގައުމެއްގެ ވަގު ޕާސްޕޯޓު ތަކެއް ކަމަށް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ. އަދި ހުއްޓުވި ހަތަރު މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

މީގެ ކުރިންވެސް ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެވާން ބިދޭސީން މަސައްކަތް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ބަންގުލަދޭޝް އަދި އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *