އެމްޑީޕީގެ ޖަލްސާއެއްގައި ޤުރުއާން ކިޔެވި އެޗްޑީސީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

އެމްޑީޕީގެ ޖަލްސާއެއްގައި ޤުރުއާން ކިޔެވި އެޗްޑީސީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

އެމްޑީޕީން ޖަގަހަ ޖަލްސާތައް ފެށުމުގެ ގޮތުން އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ޤުރުއާން ކިޔެވި އެޗްޑީސީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

އެޗްޑީސީގެ އެ މުވައްޒަފަކީ އެޗްޑީސީގެ އޮޕަރޭޝަންސް އޮފިސަރު އަހުމަދު ޝާއިންއެވެ. އެޗްޑީސީން، އޭނާއަށް ފޮނުވި ޗިޓުގައި ވަޒީފާއިން ވަކިކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ ޖެހިޖެހިގެން ތިން ދުވަހަކު ވަޒީފާއަށް ނުނިކުތުމާއި ގުޅިގެން ކަމަށެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އިއްޔެއެވެ.

ނަމަވެސް, އެމްޑީޕީން ބުނަނީ އޭނާ ވަކިކުރީ ޕޯޑިއަމުގައި ޤުރުއާން ކިޔެވުމުން ކަމަށެވެ. އެ ޕާޓީގެ ޗެއާޕާސަން ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ، ޝާއިން އެ ރޭގެ ޖަލްސާގައި ޤުރުއާން ކިޔެވީ ޖަލްސާގައި ކިޔަވަން ހަމަޖެއްސި މީހާ ލަސްވުމުން އެ ތަނުގައި ހުރި މީހުންގެ ތެރެއިން އޭނާ ރީތިކޮށް ޤުރުއާން ކިޔަވާ ވާހަކަ ފާހަގަ ކުރުމުން ކަމަށެވެ.

"އެމްޑީޕީގެ ޕޯޑިއަމުގައި ޤުރުއާން ކިޔަވައިގެން ވަޒީފާއިން ވަކި ކުރުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް،" އިބްރޭ ވިދާޅުވިއެވެ.

އިބްރޭ ވިދާޅުވީ މިއީ އެމްޑީޕީގެ ޕޯޑިއަމެއްގައި ޝާއިން ޤުރުއާން ކިޔެވި ފުރަތަމަ ފަހަރު ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *