އެމްޑީޕީގެ ގައުމީ މަޖިލީހަށް ވާދަ ކުރުމުގެ ފުރުސަތު މޫސައަށް ނުދިން މައްސަލަ އީސީއަށް ހުށަހަޅަނީ

އެމްޑީޕީގެ ގައުމީ މަޖިލީހަށް ވާދަ ކުރުމުގެ ފުރުސަތު މޫސައަށް ނުދިން މައްސަލަ އީސީއަށް ހުށަހަޅަނީ

އެމްޑީޕީގެ ދާއިރާތަކުގެ ރައީސުން ހޮވަން ބާއްވާ އެތެރޭގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އަށް ނުދެވޭނެ ކަމަށް އެ ޕާޓީން ނިންމުން، އެ ނިންމުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅުއްވަން ނިންމައިފައިވާ ކަމަށް މޫސާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން 2014 ޑިސެމްބަރު 22 ގައި ވަނީ މޫސަ އެ ޕާޓީން ވަކިކޮށްފައެވެ. މޫސާ، ޕާޓީން ވަކިކުރީ ޑިސެމްބަރު 14، 2014 ގައި އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓެއްގައި ޕާޓީގެ ވިޕްލައިނާ ޚިލާފުވުންނެވެ. އޭރު މޫސައަކީ ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރެވެ. މޫސާ، ޚިލާފު ވެފައި ވަނީ އެ ޖަލްސާގައި މޫސަ ހިމެނޭ ގޮތަށް ޖުމްލަ އެމްޑީޕީގެ ފަސް މެމްބަރުން ބައިވެރިވެވަޑައިނުގަންނަވަ އެވެ.

އެކަމާ ގުޅިގެން މޫސާ ވިދާޅުވީ އެތެރޭގެ އިންތިޚާބުގައި އޭނާއަށް ވާދަ ނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމި ނިންމުގެ މައްސަލައިގައި ޝަރުއީ ހައްލެއް ހޯދުމުގެ ބަދަލުގައި ވަޑައިގަންނަވާނީ ސިޔާސީ ޕާޓީ ތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އީސީއަށް ކަމަށެވެ. މޫސާ ވިދާޅުވީ އޭނާއަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިނީ ކޯޓެއްގެ ނިންމުމަކާ ގުޅިގެން ނޫން ކަމަށެވެ.

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށަހެޅި މޫސަގެ މައްސަލަ ބެލުމަށް ފަހު، އެ ޕާޓީން އޭނާ ވަކި ކުރުމަށް ނިންމި ނިންމުމުގައި، އޭނާ އަލުން އެ ޕާޓީއަށް ވަދެވަޑައިގެންފިނަމަ، އެ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައިވެސް ވާދަ ނުކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި، އެ ނިންމުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތް ތާރީޚުން ފެށިގެން އޭނާއަށް އަލުން އަނބުރާ އެމްޑީޕީގެ ޕްރައިމަރީއެއްގައި ވާދަ ކުރެވޭނީ ނޮވެމްބަރު 9, 2027 ގެ ފަހުންނެވެ.

އެ ނިންމުމަށް ފާޑު ވިދާޅުވެ މޫސާ ވިދާޅުވީ އެމްޑީޕީގެ ނިންމުން ގަބޫލުނުކުރައްވާ ކަމަށާއި ސަބަބަކީ އެފަހަރުގެ ވިޕްލައިނާ ފަސް މެންބަރަކު ހިލާފުވި އިރު އޭނާއަށް އެކަނި އެގޮތަށް ފިޔަވަޅު އަޅާފައިވުމުން ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާއަށް ނުދިނުމަކީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާއާ ހިލާފަށް ކުރާ ކަމެއް ކަމަށް މޫސާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *