މިސްކިތުގައި އޮތް ޚަތިމެއްގައި ދަތްއަޅައި ވީދާލި މީހަކު ހައްޔަރު ކޮށްފިއެވެ.
ހައްޔަރު ކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ މަންނާން ނަމަކަށް ކިޔާ އުމުރުން 36 އަހަރުގެ މީހެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ވަނީ ޚަތިމަށް ކުޅު ޖަހައިގެން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައެވެ.