ފުލުހަކު، ޒުވާނެއްގެ ކަރަށް ފައިން އަރައި އަނިޔާވެރިކޮށް ހައްޔަރު ކުރި މައްސަލަ ބަލަނީ

ފުލުހަކު، ޒުވާނެއްގެ ކަރަށް ފައިން އަރައި އަނިޔާވެރިކޮށް ހައްޔަރު ކުރި މައްސަލަ ބަލަނީ

ފުލުހަކު، ޒުވާނެއްގެ ކަރަށް ފައިން އަރައި އަނިޔާވެރިކޮށް ހައްޔަރު ކުރި މައްސަލަ ބަލަނީ

ފުވައްމުލަކު ސިޓީގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ފުލުހަކު، ޒުވާނެއްގެ ކަރަށް ފައިން އަރައި އަނިޔާވެރިކޮށް ހައްޔަރު ކުރި މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިޔާގައި ވަނީ ދެ ފުލުހަކު ވެގެން އެ ޒުވާނާ ހައްޔަރުކުރާ މަންޒަރު ފެންނަ ވީޑިޔޯ އާންމުވެފަ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ދެ ފުލުހަކު މީހަކު ހައްޔަރުކުރަން އޭނާ ބިންމައްޗަށް ވައްޓާލައި ފައިން ގައިމައްޗަށް އަރަ އެވެ. އެއް ފުލުހަކު ބިންމަތީގައި އޮތް މީހާގެ ކަރަށް ފައިން އަރައިގެން ހުރިއިރު، އަނެއް ފުލުސް މީހާ އޭނާގެ އަތް ލަންބުވާލާ ތަންވެސް ވީޑިއޯ އިން ފެނެއެވެ.

އެ ވީޑިޔޯ އާންމުވުމާ ގުޅިގެން ފުލުހުން މިރޭ ބުނީ ފުލުހުން، އާންމުންނަށް އަނިޔާ ކުރުމަކީ އެ މުއައްސަސާއިން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ އެ ހާދިސާ ތަހުގީގު ކުރަން ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި އެދިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓެންޓް (ޑީއީޑީ) ން ދަނީ ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އޭގެ އެއް އޮޕަރޭޝަނުގައި މީހަކު ހައްޔަރު ކުރަން ފުލުހުން މަސައްކަތް ކުރުމުން ބަޔަކު ވަނީ ފުލުހުން ކުރިމަތިވެސް ލައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *