ފުރަތަމަ ފަހަރަށް ފަލަސްތީނާއި އެރިޓްރިއާ މީހަކަށް ދިވެހި ރައްޔިތުކަން ދީދި

ފުރަތަމަ ފަހަރަށް ފަލަސްތީނާއި އެރިޓްރިއާ މީހަކަށް ދިވެހި ރައްޔިތުކަން ދީދި

ފަލަސްތީނުގެ ރައްޔިތަކަށް ދިވެހި ރައްޔިތުކަން ފުރަތަމަ ފަހަރަށް ދީފިއެވެ.

މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާރ ޖެނަރަލް އިސްމާއިލް މަމްދޫހު ވިދާޅުވީ މިދިޔަ އަހަރު ދިވެހި ރައްޔިތުކަން ހޯދަން 16 މީހަކު ކުރިމަތިލިއިރު، 11 މީހަކަށް ސިޓިޒަންޝިޕް ދީފައިވާ ކަމަށެވެ.

އެއީ އެރިޓްރިއާގެ މީހަކާއި ފަލަސްތީންގެ މީހަކާއި އިންޑިޔާގެ ތިން މީހަކާއި ސްރީލަންކާގެ ފަސް މީހަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެރިޓްރިއާ އަދި ފަލަސްތީނުގެ މީހަކަށް ދިވެހި ރައްޔިތުކަން ދީފައި ވަނީ އަލަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީން ބުނިގޮތުގައި 1969 ވަނަ އަހަރު ރާއްޖޭގެ ސިޓިޒެންޝިޕް ގާނޫނަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް ރައްޔިތުކަން ދިނީ 33 މީހަކަށެވެ.

އެ ބައްދަލުވުމުގައި މަމްދޫހު ވިދާޅުވީ ސިޓިޒެންޝިޕްގެ ޤާނޫނަކީ ދުވަސްވީ ޤާނޫނަކަށް ވުމުން އެހާ ގިނަ ތަފުސީލު ތަކެއް އެ ޤާނޫނުގައި ބަޔާން ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެ ޤާނޫނުގެ ދަށުން ބިދޭސީންނަށް ދިވެހި ރައްޔިތުކަން ދިނުމުގައި އެ މީހަކު ސުންނީ މުސްލިމެއްތޯ އާއި ގާނޫނުއަސާސީ އާއި ގާނޫނުތައް އެނގޭ މިންވަރާއި އަސާސީ ތައުލީމްގެ ފެންވަރާއި ދިވެހި ބަހުން ލިޔެކިޔުމުގެ ފެންވަރު ބަލާފައިވާ ކަމަށް މަމްދޫހް ވިދާޅުވިއެވެ.

މީގެއިތުރުން މެދުނުކެނޑި ރާއްޖޭގައި 10 އަހަރު އުޅެފައިވާ މީހަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސިޓިޒެންޝިޕްގެ ގާނޫނުގެ ދަށުން ރައްޔިތުކަން ދިނުމުގެ ބާރު އޮންނަނީ ރައީސަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *