މާދަމާއިން ފެށިގެން މަސް ގަންނަ އަގު ކުޑަ ކުރަން ސަރުކާރުން ނިންމައިފި

މާދަމާއިން ފެށިގެން މަސް ގަންނަ އަގު ކުޑަ ކުރަން ސަރުކާރުން ނިންމައިފި

މާދަމާއިން ފެށިގެން މިފްކޯއިން މަސް ގަންނަ އަގު ކުޑަކޮށް، ބައިނަލްއަގުވާމީ ބާޒާރުގެ އަގަށް ފައްތަން ނިންމާފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިއަދު ބުނީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން މަސް ކިލޯއެއް 16 ރުފިޔާއަށް ވުރެ ބޮޑުކޮށް ނުގަންނާނެ ކަމަށެވެ.

"1 ޖުލައި އިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުން ދާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަ މަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓު ކުރުމަށް ހިނގާނޭ ޚަރަދު ތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަށެއެވެ. މި އަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިއުލާން ކުރަމުން ގެންދާނެއެވެ،" މިފްކޯއިން ބުންޏެވެ.

އެ ކުންފުންޏަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަން ޖެހިފައިވާ ފައިސާ ސަރުކާރާއި އެ ކުންފުންޏާ ގުޅިގެން މާދަމާ ދައްކާ ޚަލާސް ކުރާނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

މިހާތަނަށް މަސްވެރިން އެ ކުންފުންޏަށް ކިރާފައިވާ މަހަށް މާދަމާ ފައިސާ ދޫކުރާނެ ކަމަށްވެސް މިފްކޯއިން ބުނެފައިވެ އެވެ. މާދަމާ ދޫކުރާ ފައިސާ ހިމެނުމުން މިއަހަރުގެ ތެރޭގައި މަސްވެރިންނަށް 353 މިލިއަން ރުފިޔާ ދޫކުރެވިފައިވާނެ ކަމަށް މިފްކޯއިން ބުނެއެވެ.

"ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނި ފަހަރަށް ދޫކުރެވިފައި. މިހާރު މަސް ގަންނަމުންދާ ގޮތަށް މާކެޓު އަގަށް ރިއާޔަތް ނުކޮށް މަސްވެރިންގެ އަތުން މަސް ގަނެ ޕްރޮސެސްކޮށް އެކްސްޕޯޓު ކުރަމުން ދިއުމަކީ މާލީ ގޮތުން ދެމެހެއްޓެނިވި ކަމެއް ނޫން," މިފްކޯއިން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *