ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 50 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލު ކޮށްފި

ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 50 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލު ކޮށްފި

ރާއްޖޭގައި ގަވާއިދާހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ހޯދުމުގެ ގޮތުން މާލޭގައި މިއަދު ހިންގި އޮޕަރޭޝަނެއްގައި 50 މީހަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފެށި އެ އޮޕަރޭޝަން ނިންމާލައިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ.

މިރޭގެ ނިޔަލަށް 50 މީހަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މިއަދު އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ލޯކަލް މާރުކޭޓާއި މާލެ ތެރޭގައި ހިންގާ މާރުކޭޓުތަކާއި ބައެއް އެހެން ސަރަހައްދުތަކުގައި ކަމަށް ފުލުހުން ބުނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *