ނައިބު ރައީސް "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" މަޝްރޫއުގެ އަޅުއްވައި ދެއްވައިފި

ނައިބު ރައީސް "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" މަޝްރޫއުގެ އަޅުއްވައި ދެއްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު"އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" މަޝްރޫއުގެ ބިންގާ އަޅުއްވައި ދެއްވައިފިއެވެ.

އެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ހަވީރު ހުޅުމާލެ ފޭސް 2 ގައެވެ. ހުޅުމާލޭ ފޭސްދޭއްގައި ނަވާރަހާސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ހިންގާ އެ މަޝްރޫއުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައި ވަނީ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް 2ގެ އިރުއުތުރު ކަންމަތީގައި ތަރައްގީކުރާ މި ސަރަހައްދުގައި މަތީ ފަންތީގެ 3 ބާވަތެއްގެ ގެދޮރު ތަރައްގީކުރާނެ އެވެ. އޭގެ ތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްގީކުރާނެ އެވެ.

މަތީފަންތީގެ ހިދުމަތްތަކާއެކު ގެދޮރު ތަރައްގީ ކުރުމުގެ އެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ 3 އަހަރުގެ މުއްދަތެއްގެ ތެރޭގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *