މަސްވެރިންނަށް ދޭން ހުރި 52 މިލިއަން ރުފިޔާ މިއަދު ދެވޭތޯ މަސައްކަތް ކުރަނީ

މަސްވެރިންނަށް ދޭން ހުރި 52 މިލިއަން ރުފިޔާ މިއަދު ދެވޭތޯ މަސައްކަތް ކުރަނީ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސްވެރިން ކިރުވި މަހަށް ނުދެވި ހުރި، 52 މިލިއަން ރުފިޔާ މިއަދު ދޫކުރަން ސަރުކާރުން މަސައްކަތް ފަށައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯގެ މީޑިޔާ އޮފިޝަލު އިބްރާހިމް ސައީދު (ކޭޑު) ވިދާޅުވީ، މަސްވެރިންނަށް ނުދެވި ހުރި 52 މިލިއަން ރުފިޔާ މިއަދު ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް، ރަސްމީ ޖަވާބެއް އަދި ނުލިބޭ ކަމަށެވެ.

"ބެލެވޭ ގޮތުގައި ސަރުކާރުން އެނައުންސް ކުރުންވެސް އެކަށީގެންވޭ" އިބްރާހިމް ވިދާޅުވިއެވެ.

މަސްވެރިންނަށް ފައިސާ ދިނުން ލަސްވާ ކަމަށް ބުނެ، އައްޑޫ ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ދަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިހުތިޖާޖުކުރަމުންނެވެ.

މަސްވެރިން ވަނީ، އެ ކޮމްޕްލެކްސްގެ އޮޕަރޭޝަން އެއްކޮށް ހުއްޓުމަކަށްވެސް ގެނެސް، ސައިޓުން ކަރަންޓު ކަނޑާލައި ކެންޓީނުވެސް ފަޅާލައިފައެވެ. އަދި މުވައްޒަފުންގެ އަސާސީ ކަންކަމުންވެސް މަހްރޫމްކުރިއެވެ. ނަމަވެސް ފުލުހުންގެ އެެހީތެރިކަމާއެކު، ސައިޓަށް ވަނީ ކަރަންޓު ދީފައެވެ. ނަމަވެސް ސައިޓުގެ އޮޕަރޭޝަން އަދިވެސް ފަށާފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *