ބުރިޖުން ފީ ނަގަން ސަރުކާރުން ސިޔާސަތެއް އެކުލަވާލަނީ

ބުރިޖުން ފީ ނަގަން ސަރުކާރުން ސިޔާސަތެއް އެކުލަވާލަނީ

ދައުލަތަށް މިހާރު ލިބެމުންދާ އާމްދަނީއިން ޚަރަދުތައް ދެކޮޅު ޖައްސަން ދަތިވުމުގެ ސަބަބުން ބުރިޖުން ފީ ނަގާނެ ސިޔާސަތެއް އެކުލަވާލަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ރިޕޯޓު ކޮށްފައެވެ. އެ ރިޕޯޓް ކެބިނެޓް ވަނީ މިދިޔަ އާދިއްތަ ދުވަހު ފާސްކޮށްފަ އެވެ.

ރިޕޯޓުގައިވާ ގޮތުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި އާމްދަނީ އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާނެ އެވެ.

2026، 2027 އަދި 2028 ވަނަ އަހަރު އަޅަން ނިންމައިފައިވާ ފިޔަވަޅުތައް:

ޕްރޮޕަޓީ ޓެކްސް ނިޒާމެއް ތައާރަފްކުރުން

އިންކަމް ޓެކްސް ނަގާ އާމްދަނީ ދަށްކުރުން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓެކްސްގެ އިދާރީ ބުރަ ކުޑަކުރުން

ކާބަން ކްރިޑިޓް ބޭރުގެ މާކެޓްތަކުގައި ވިއްކައިންގެން އާމްދަނީ ހޯދުން

ބުރިޖް ފަދަ ތަންތަނުން ފީ ނެގޭނޭ ސިޔާސަތެއް އެކުލަވާލުން

ރިޕޯޓުގައިވާ ގޮތުން މިއަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ގިނަ ޓެކްސްތަކެއް ބޮޑުކޮށް މުޅިން އާ ފީތަކެއް ނަގަން ފަށާނެ އެވެ.

މިއަންނަ އަހަރުގެ ތެރޭގައި ބޮޑުކުރަން ނިންމައިފައިވާ ފީ އަދި ޓެކްސްތައް:

ގްރީން ޓެކްސް ބޮޑުކުރުން

ޖީއެސްޓީ ނަގާ ތަކެތި އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުން

ރަލާއި، ދުންފަތް އަދި އޫރުމަސް ފަދަ ހާއްސަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ނުވަތަ އެ ސިޔާސަތަށް ބަދަލުތަކެއް ގެނައުން

އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތައް ބޮޑުކުރުން

ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުން

ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ބޮޑުކުރުން

 

އެމްއެމްޓީއާރުއެސް ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ %35.5 އިތުރުވާނޭ ކަމަށާއި މިހާރު ޓެކްސް އާމްދަނީއަކީ ޖީޑީޕީގެ ނިސްބަތުން %32.5 ކަމަށް ފިނޭންސުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *