ޑްރަގް އޮޕަރޭޝަނެއް ހުއްޓުވުން ފުވައްމުލަކުގައި ފުލުހުންނާ ކުރިމަތިލައިފި

ޑްރަގް އޮޕަރޭޝަނެއް ހުއްޓުވުން ފުވައްމުލަކުގައި ފުލުހުންނާ ކުރިމަތިލައިފި

ފުވައްމުލަކު ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނަކަށް ހުރަސްއަޅައި ފުލުހުންނާ ކުރިމަތިލި މައްސަލައެއްގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެ ސިޓީގެ ދޫޑިގަމް އަވަށުގައި ކަމަށެވެ.

އެ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުމުގެ ތެރޭގައި އެތަނަށް އިތުރު ބަޔަކު އައިސް ފުލުހުންނާ ކުރިމަތިލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ކުރިމަތިލުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވި ކަމަށެވެ.

އެގުޅިގެން ތިން މީހަކު ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގަށް ކުރަމުންދާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *