ބަކާ ނިޔާވީ ރާއްޖެއިން އަލަށް ފެނުނުު މެނިންގޯކޮކަލް ބަލީގައި

ބަކާ ނިޔާވީ ރާއްޖެއިން އަލަށް ފެނުނުު މެނިންގޯކޮކަލް ބަލީގައި

ގައުމީ ޓީމުގެ ކުރީގެ މިލްފިލްޑަރު މުހައްމަދު އާރިފް (ބަކާ) މިއަދު ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައިކަން އެނގިއްޖެ އެވެ.

"މާލޭ ޓައިމްސް" އެނގިފައިވާ ގޮތުގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ދެއްވާ ހައްޖު ދަތުރު ތަކުގެ ތެރެއިން ދަތުރެއްގައި ދިޔަ ފަރާތެއް އެނބުރި ރާއްޖެ އައި އިރު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އެނގިފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ބަކާ، 38، މިއަދު ނިޔާވީ ހައްޖު ދަތުރު ނިންމައި، މީގެ ތިން ދުވަސް ކުރިން ރާއްޖެ އައި ތަނާ ގަދަ ހުމެއް ޖެހި، ހާލު ސީރިއަސް ވެގެންނެވެ. އޭނާގެ ބަލި ދެނެގަނެވުމުން އައިސީޔޫގައި އެޑްމިޓުކޮށްފައި ތިބި އެހެން ބަލި މީހުންވެސް ވަނީ އެ ތަނުން ނެރެ، ކޮޓަރިއަށް ބަދަލުކޮށްފައިކަން އެނގިފައިވެއެވެ.

މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭއިން ދަނީ ކުރަމުންނެވެ. އެ ބައްޔަކީ ބެކްޓީރީއަލް އިންފެކްޝަނަކުން ސިކުނޑި އާއި ސްޕައިނަލް ކޯޑުގެ މެމްބްރެއިން އަށް ޖެހޭ ބައްޔެކެވެ. އެކަމަކު ވައިރަލް ނުވަތަ ފަންގަލް އިންފެކްޝަނުންވެސް ބަލި ޖެހިދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *