ޔާމީންގެ ހޫނު ރައްދެއް: ސާޖިދާ އާއި އަބްދުއްރަޙީމްގެ އަނބިކަނބަލުން ސޮދަގާތު ފައުންޑޭޝަނެއް ހަދަންވީނު!

ޔާމީންގެ ހޫނު ރައްދެއް: ސާޖިދާ އާއި އަބްދުއްރަޙީމްގެ އަނބިކަނބަލުން ސޮދަގާތު ފައުންޑޭޝަނެއް ހަދަންވީނު!

ރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަބަލުން ފާތިމަތު އިބްރާހިމް "ސޮދަގާތު ފައުންޑޭޝަން" ގެ ނަމުގައި ޖަމްއިއްޔާއެއް ހައްދަވައިގެން، ޙައްޖު ކޯޓާއިން ނާޖާއިޒް ފައިދާ ނެންގެވި ކަމުގެ ތުހުމަތާއެކު، ޚިތާނީ ކޭމްޕް މިހާރު ނުބާއްވަނީ ކީއްވެތޯ ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް ދެއްކެވި ވާހަކައަށް ޔާމީން ހޫނު ރައްދެއް ދެއްވައިފިއެވެ.

ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ، އަނބިކަބަލުން ފާތުން ސޮދަގާތު ފައުންޑޭޝަން ހިންގެވީ ދައުލަތުގެ ލޯލާރިިއަކުވެސް ނުޖެހި ކަމަށެވެ. އެގޮތުން އެ ޖަމްއިއްޔާ ހިންގީ ރާއްޖޭގެ ވިޔަފާރިވެރިންނާއި، ރާއްޖެއިން ބޭރުގެ ވިޔަފާރިވެރިންގެ ދީލަތި އެހީން ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ޙައްޖު ކޯޓާއިން އެ ޖަމްއިއްޔާ ޚިޔާނާތްތެރި ވެފައިނުވާކަން މިހާރު ހުންނެވި އިސްލާމިކް މިނިސްޓަރާއި މިނިސްޓްރީއަށްވެސް އެނގޭނެ ކަމަށެވެ. ސައުދީ އަރަބިއްޔާއިން ޚާއްސަ ކޯޓާ ތަކެއް ކޮންމެ އަހަރަކުވެސް ދެމުންދާކަން އިސްލާމިކް މިނިސްޓަރަށް އެނގިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ސޮދަގާތު ފައުންޑޭޝަނަކީ، އެމަނިކުފާނު ވެރިކަމުގައި ހުންނެވުމުން އަނބިކަބަލުން ކުރިޔަށް ގެންދެވި މަސައްކަތެއް ކަމަށެވެ. އަދި އެ ފައުންޑޭޝަން ފާތުން ހުއްޓާލެއްވީ އެމަނިކުފާނު ވިދާޅުވެގެންކަން ފާހަގަ ކުރެއްވިއެވެ. ޔާމީން ވިދާޅުވީ ވެރިކަމުގައި އޮންނައިރު ފަސްޓްލޭޑީ ކުރައްވާ އިޖުތިމާއީ އެފަދަ މަސައްކަތް ވެރިކަން ނެތުމުން ކުރިޔަށް ގެންދިއުމަކީ އުދަނގޫ ކަމެއް ކަމަށެވެ.

އަބްދުއްރަޙީމްގެ ވާހަކައަށް ރައްދު ދެއްވައި، އަނބިކަނބަލުން ފާތިމަތު ވަރަށް ބޮޑަށް ދިފާއު ކުރައްވައި ޔާމީން ވިދާޅުވީ، ސޮދަގާތު ފައުންޑޭޝަން ހުއްޓާލާފައި އޮންނާތީ އެކަމާ ކަންބޮޑުވާނަމަ، ރައީސް މުއިއްޒުގެ އަނބިކަލުން ސާޖިދާ މުޙައްމަދު އާއި މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ އަނބިކަނބަލުން އެކަން ކުރަންވީނޫންތޯއެވެ. އަބްދުއްރަޙީމްގެ އަނބިކަނބަލުންގެ ނަން ޔާމީން ވިދާޅުނުވި ނަމަވެސް، ސާޖިދާގެ ނަން ވަކިން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ޔާމީން އިތުރުފުޅު ހައްދަވާނެކަމެއްނެތް. ޚިތާނީ ކޭމްޕްގެ ހުރިހާކަމެއް ގެންދިޔައީ އާސަނަދައިން. މިއީ އެންމެންނަށް ވެސް އެނގޭ ކަންކަން. މަނިކުފާނަކަށް އިތުބާރެއް ނުކުރެވޭ.

Leave a Reply

Your email address will not be published. Required fields are marked *