ރައީސް ޑރ. މުހައްމަދު މުއިއްޒު. ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވީ އެމަނިކުފާނުގެ ހުސްގޮނޑިއާއި ފޮޓޯ ރައްޔިތުންނަށް ދައްކައިގެން ކަމަށް ކުރީގެ ރައީސް ދައްކަވައިގެން ކަމަށާއި އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެެވެ.
ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލު ހުކުމެއްގައި ހުންނަވައިގެން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ގޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްޔިތުންނަށް ރޭ ސާފުކޮށްދެއްވައިފައިވާ ކަމަށެވެ.
ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ފިޔަވާ އެއްވެސް ބޭފުޅަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި މުޅި އާއިލާވެސް ރައީސް މުއިއްޒު އިންތިހާބު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
ރިޔާސީ އިންތިހާބަށް ޕީޕީއެމް ޕީއެންސީ އިން ކެންޑިޑޭޓަކު ކަނޑައަޅަން ތައްޔާރުވި ވަގުތު އެމަނިކުފާނު ދެއްވީ ތިން އިހްތިޔާރެއް ކމަށާއި ވިދާޅުވި ރައީސް މުއިއްޒަކީ އެގޮތަށް ދެއްވި އިހްތިޔާރެއްގެ ތެރެއިން ޕީޕީއެމް ދޫކުރައްވާ ޕީއެންސީއަށް ވަޑައިގެން ޓިކެޓް ހޯއްދެވި ބޭފުޅެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނު ޖަލު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރި ދުވަހު އެތަނުން ޕީޕީއެމްގެ އޭރުގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލްއާ ދިމާވެގެން މުއިއްޒުގެ ރަނިންމޭޓަކަށް އިހްތިޔާރު ކުރަނީ ކޮން ބޭފުޅެއްތޯ އެއްސެވި ކަމަށެވެ. ތޮލާލް ނަމެއް ވިދާޅުވުމުން އެ ބޭފުޅަކު އިހްތިޔާރު ކުރައްވައިފިނަމަ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށާއި އިތުރަށް ހޯއްދެވޭނެ ވޯޓެއް ނޯންނާނެ ކަމަށް ދެންނެވި ކަމުގައި ވިދާޅުވި އެވެ.
އަދި ރައީސް މުއިއްޒުގެ ރަނިންމޭޓެއްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ އޭރުގެ މަޖިލިސް މެންބަރު އަދި މިހާރުގެ ނައިބް ރައީސް ހަމަޖެއްސެވުމަށް މުއިއްޒަށް ލަފާ ދެއްވަން ދެންނެވި ކަމުގައި ވިދާޅުވިއެވެ. އަދި އެ ނަން ގަބޫލު ނުކުރައްވައިފިނަމަ ތ. ގުރައިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މިހާރު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރަނިންމޭޓެއްގެ ގޮތުގައި އިހްތިޔާރު ކުރެއްވުމަށްވެސް ދެންނެވި ކަމުގައި ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ މުއިއްޒާއި ހުސައިން މުހައްމަދު ލަތީފް، އެމަނިކުފާނުގެ ގެއަށް ގެންނަވާ ކަންކަން ކުރަންވީ ގޮތުގެ އިރުޝާދު އޭރު ޖަލުގައި ހުންނަވައިގެން ހިއްސާކުރެއްވެން އޮތް ގޮތަކަށް ހިއްސާކުރެއްވި ކަމަށެވެ. އޭގެފަހުގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މިއަދު ކޮންމެ ވާހަކައެއް ވިދާޅުވި ނަމަވެސް މުއިއްޒަށް ވެރިކަން ލިބިވަޑައިގަތީ ހުސްގޮނޑީގެ ޖާދުލުގައި ކަމަށެވެ.
"އަދިވެސް ގަބޫލުކުރަންޖެހޭ ދެއްތޯ އެއްކަލަ ހުސް ގޮނޑި ދައްކައިގެން ވެރިކަމަށް އައީ. ކީއްވެގެންތޯ އެކަން ހަނދާން ނެތިގެން މިއުޅެނީ. ހަމަ ހުސްގޮނޑި ދައްކައިގެން ވެރިކަމަށް އައީ. ހުސް ގޮނޑި ދައްކައިގެން ވެރިކަމަށް އައީ. އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ނުލިބުނީ ހުސްގޮނޑިތަކުގެ ވާހަކަދައްކާނެ ކަމެއް ނެތް. އާދެވުނީ ހުސްގޮނޑީގެ ބޭނުމުގައި. އެ ޖާދުލުގައި. އެ މަސްތުގައި އައީ،" ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒު ޕީއެންސީގެ ޓިކެޓް ހޯއްދެވިއިރު އެ ޓިކެޓަށް ޝައުގުވެރިވާ ހަތަރު ވަރަކަށް ބޭފުޅުން ތިއްބެވި ކަމަށެވެ. އެހެންވެ އެ ބޭފުޅުންގެ މެދުގައި އޭރު އޮތް ވާދަވެރިކަމާއި ހަމަނުޖެހުން މިއަދުވެސް އެބައޮތް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"އެބޭފުޅުން [ޕީއެންސީ]ގެ ހުރިހާ ރިހުންތައް އަޅުގަނޑު ބަރުދާސްތު ކުރަންވީ ކީއްވެ؟ އަދިވެސް އެއީކީ އެއްގަލަށް އަރައިގެން ހުރިހާ ކަމެއް ފަސޭހަވެ ފާރު ފަސޭހަވެގެން ތިބި ބައެއް ނޫނޭ. އެކޯޅުން އެމީހުންގެ ތެރޭގައި އަދިވެސް އެބައޮތް އެނގޭތޯ،" ޔާމީން ވިދާޅުވި އެވެ.
2 Responses
Husgodeege fahun beyyvi inthikhaabu muizzu kaamiyaabu kurevvee rayyithun husgodi dhookoh muizzu balaigatheema. Shukuriyyaa.
މަނިކިފާނުގެ ފޮޓޯ ޖެހި މީހުންނަށް މަޖުލިހަށް ނުވަދެވުނީ ކީއްވެގެންތޯ. ތިޔައީ މާޒީ. ތިވާހަކަތައް އަހަރެމެން ބަލައި ނުގަންނަން. ތިޔައީ ބޮޑާ ކިބުރުވއެިއެއް. ބޮޑު ޚިޔާނާތްތެރިއެއް. ޓްރޭޑް މިނިސްޓަރަކަށް ހުރިއިރު ވެސް ކުރީއެކަން. ވެރިކަމަަށް ކުުރިމަތިލީއިރު އަތުގައި އެއްވެސް ފައިސަައެއްނެތް ވިޔާފާރިއެއް ނުކުރާމީހަކު ވެރިކަން ނިމިނު އިރު މިލިއަނުން އެކައުންޓުގައި ހުރީ ނަޒާހަތްތެރިވީމާތޯ! ނުވިތާކަށް ކުލިދައްކާނެ ގޮތެއް ވެސް ނެތިގެން މިސާރައިން ނުނަގާނަމޭ ބުނި ބައިވެސް ފަހުން ނަގަންފެށީ. ޝަރީޢަތަށް ސާބިތު ނުވިޔަސް ނަޒާހަތްތެރިއެއްގެ ގޮތުގައި ބަލައިނުގަނެވޭނެ.