މީޑިޔާ ނެރުމަށްފަހު، މާލިއްޔަތު ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފި

މީޑިޔާ ނެރުމަށްފަހު، މާލިއްޔަތު ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފި

ރާއްޖޭގެ މާލީ ހާލަތު ރަނގަޅަށް ދެނެގަތުމަށްޓަކއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހާޒިރުކޮށްގެން ބާއްވަން ނިންމި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައދަލުވުން ސިއްރު ކޮށްފިއެވެ.

ކޮމިޓިގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުޤައްރިރު ޖޭޕީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މާލީހާލަތާ ބެހޭ މައުލޫމާތު ކޮމިޓީއާ ހިއްސާ ކުރެއްވުމަށް، ކޮމިޓީއަށް ވަޑައިގެންނެވުމަށް ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވުމަށް ފިނޭންސް މިނިސްޓަރަށް ދެންނެވި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ބައްދަލުވުމަށް މިނިސްޓަރަށް ވަޑައިގެންނެވިފައިނުވާ ކަމަށެވެ.

ނަމަވެސް ކަމާބެހޭ މައުލޫމާތުތައް މިނިސްޓަރު ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކޮމިޓީގެ މެންބަރުގެ ގޮތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ، ރާއްޖޭހެ މާލީ ކަންތައްތަކާބެހޭ މައުލޫމާތު ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އެ މައުލޫމާތުތައް ސިއްރު ކުރެއްވުމަށް އެދިވަޑައިގެން މިނިސްޓަރު ކޮމިޓީއަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ކަމުން އެ މައުލޫމާތާބެހޭ މަޝްވަރާ ކޮމިޓީގައި ކުރިއަށް ގެންދެވޭނީ މީޑިޔާތައް ނުހިމަނައި ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެެ. އަދި އަންނަ ބުދަ ދުވަހު މިނިސްޓަރު ކޮމިޓީއަށް ވަޑައިގަތުމަށް ނިންމަވާފައިވާތީ އެދުވަހުގެ ބައްދަލުވުމުގެ މައުލޫމާތުތައް ސިއްރު ނުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ނާޒިމު ހުށަހަޅުއްވައިގެން ބާރަށު ދާއިރާގެ މެންބަރު ސުޖާ ތާއީދު ކުރައްވައިގެން، މީޑިޔާ ނުވައްދައި ސިއްރު ބައްދަލުވުމެއްގެ ގޮތުގައި މާލިއްޔަތު ކޮމިޓީގެ އެ ބައްދަލުވުން ކުރިއަށްގެންދަން ވަނީ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *