ޓްރެފިކް ޕޮލިހުގައި މަސައްކަތް ކުރާ ފުލުހަކު މަގު މަތިން އަންނަ ކާރެއް ހުއްޓުވާ މަންޒަރު

ފުލުހެއް ގައިގައި ކާރުން ޖެއްސި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

ފުލުހެއް ގައިގައި ކާރުން ޖެއްސި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

މި މަހު މެދު ތެރޭގައި ހުޅުމާލޭގައި ހިންގި މާރާމާރީއެއްގެ ތެރެއިން ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސި މައްސަލާގައި ހައްޔަރުކުރި ދެ ވަނަ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭ އަދި ހުޅުމާލޭގައި މި ފަހުން ހިންގި ސިލްސިލާ މާރާމާރީގެ ތެރެއިން މި މަހު 15 ވަނަ ދުވަހު، ހުޅުމާލޭ ފިލިގަސް މަގުގައި ހިންގި މާރާމާރީއެއްގައި ސީނަށް ދިޔަ ފުލުހެއްގެ ގައިގައި ކާރަކުން ޖައްސައި ދެ މީހަކު ވަނީ ފިލައިފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އޭގެ ތެރެއިން އެކަކު ފުލުހުން ވަނީ ހަމަ އެ ދުވަހު ހައްޔަރުކޮށްފަ އެވެ. އަދި ކޯޓުން ވަނީ  އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައި ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެގެ ވަގުތެއްގައި ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ދެވަނަ މީހާ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގިތާ ހަފްތާއެއްހާ ދުވަސް ފަހުން މި މައްސަލާގައި ހިމެނޭ ދެވަނަ މީހާ އިއްޔެ ވަނީ ހައްޔަރުކޮށްފައި އެއީ 22 އަހަރުގެ ދިވެހި އެ ފިރިހެނެއް ކަމަށާއި އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި އަނިޔާވި ފުލުސްމީހާއަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ އިރު، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *