ކަންނެލި މަސްވެރިން ސަރުކާރާ ދެކޮޅަށް މިއަދު ފެށި ސުލްޙަވެރި އިޖުތިޖާޖު، މަސްވެރިންގެ ކަންބޮޑުވުން ތަކަށް ސަރުކާރުން ހައްލެއް ގެނެސް ދެންދެކަށް މާލޭގެ ބޮޑު ފާލަން ސަރަހައްދުގައި ކުރިޔަށް ގެންދާނެ ކަމުގައި މަސްވެރިން ބުނެފިއެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ފިޝަރީޒް މިނިސްޓަރ ޝިޔާމް މިއަދު އެ ސަރަހަށްދަށް ވަޑައިގަތުމުން މަސްވެރިން ވަނީ އެމީހުންގެ އަޑު މިނިސްޓަރަށް އިއްވައި ކަންބޮޑުވުންތައް ޙިއްސާ ކޮށްފައެވެ. އެގޮތުން މަސްވެރިން އަތުން މިފްކޯއަށް ކިރުވި މަހަށް މިފްކޯއިން ދޭންޖެހޭ ފައިސާ ނުލިބުމާއި ގުޅިގެން މަސްވެރިންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރާއި ލޭނު އަޅައިގެން ބޮޑުކަންނެލި ބޭނުމުގެ ހުއްދަ ކުންފުނި ތަކަށް ދޭން އުޅޭތީ އެކަމުގެ ޝަކުވާވެސް ހިމެނެއެވެ.
މަސްވެރިން މީގެކުރިން ވަނީ ކޫއްޑޫގައިވެސް ސިލްސިލާ މުޒާހަރާ ތަކެއް ކޮށްފައެވެ. އެ މުޒާހަރާތަކާއި ގުޅިގެން ސަރުކާރުން އޭރު ވަނީ މަސްވެރިންނަށް ދޭންޖެހޭ ބަޔެއް ފައިސާ ދީފައެވެ.