ހަށިވިއްކި ޖަޒީރާ ޓެލެގްރާމް ގްރޫޕުގެ އެޑްމިންގައި ތިބި މީހުންނަށް ދައުވާ ކުރަން ފޮނުވައިފި

ހަށިވިއްކި ޖަޒީރާ ޓެލެގްރާމް ގްރޫޕުގެ އެޑްމިންގައި ތިބި މީހުންނަށް ދައުވާ ކުރަން ފޮނުވައިފި

ހަށިވިއްކުމާ ގުޅުން ހުރި ޖިނާއީ ކުށްތަކަށް އަރައިގަތުމަށް ބޭނުން ކުރަމުން ދިޔަ ޓެލެގްރާމް ގްރޫޕު ތަކެއް ކަމަށްވާ "ޖަޒީރާ އެމްޑިމް"، "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ“، "ޖަޒީރާ ސްކޭމް އެލާޓް" އަދި ”ޖަޒީރާ ލިންކު ހަބަރު“ މައްސަލައިގައި ތިން މީހަކަށް ދައުވާ ކުރަން މިމަހުގެ ތިނެއްގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ޕްރިސިކިއުޓާ ޖެނެރަލް (ޕީޖީ)ން ބުނެފިއެވެ.

ޕީޖީން ބުނީ އެ ތިން މީހުންނަކީ ދަފްތަރު ނަންބަރު ރސ 12966، އިބްރާހީމް ރަޝީދު، ތ. ވޭމަންޑޫ، ރެދިންގެ، ނިޝާނީ އަލީ އަދި ގދ. ރަތަފަންދޫ، ވެލީގެ، އައިސަރު ނަސީމް ކަމަށެވެ. އެ ތިން މީހުންނަކީ އެ ގްރޫޕު ތަކުގެ އެޑްމިންގެ ގޮތުގައި ތިބި މީހުން ކަމަށް ޕީޖީން ބުންޏެވެ.

އިބްރާހީމް ރަޝީދުގެ މައްޗަށްކުރާ ދައުވާތައް:

– ހަޑި ހުތުރު އެއްޗެއް ރައްދު ކުރުން (މިއީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށެއް)

– މަނީ ލޯންޑްރިން (މިއީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނަ ކުށެއް)

– ދިވެހިރާއްޖޭގައި މީހަކު ލައްވާ ހަށިވިއްކުވުމުގައި އެހީތެރިވެދިނުން (މިއީ 7 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނަ ކުށެއް)

– އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުން ކުރުން ( މިއީ 25,000 ރުފިޔާއާއި 75,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 3 އަހަރަށްވުރެ ކުރު މުއްދަތުގެ ޖަލު ހުކުމެއް އަންނަ ކުށެއް)

ނިޝާނީ އަލީ އަދި އައިސަރު ނަސީމްގެ މައްޗަށް ކުރާ ދައުވާތައް:

– ހަޑިހުތުރު އެއްޗެއް ރައްދު ކުރުން (ކުށުގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން)

– މަނީ ލޯންޑްރިން (މިއީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނަ ކުށެއް)

-އެހެން މީހަކު ހަށިވިއްކައިގެން ލިބޭ އާމްދަނީކަން އެނގިހުރެ، އެ އާމްދަނީގެ ބޭނުންކުރުން (މިއީ 25,000 ރުފިޔާއާއި 75,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 3 އަހަރަށްވުރެ ކުރު މުއްދަތުގެ ޖަލު ހުކުމެއް އަންނަ ކުށެއް)

އެ ތިން މީހުންގެ މައްޗަށް އެ ދައުވާތައް ކުރުމުގެ އިތުރުން އެ މީހުން ކުށްކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ 9,495,685.55 ރުފިޔާ ދައުލަތަށް ނަގައިދިނުމަށް އެދިފައިވާނެ ކަމަށް ޕީޖީން ބުންޏެވެ. އެ ތިން މީހުންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކޮށްފައިވާނީ، އެ ފައިސާ އެކި އަދަދުތަކުން އެކި އެކައުންޓުތަކުން ދައުރުކޮށް ލޯންޑާ ކޮށްފައި ވާތީ ކަމަށް ޕީޖީން ބުންޏެވެ.

ހަޑި ހުތުރު އެއްޗެއް ރައްދު ކުރުމުގެ ކުށުގެ ދައުވާ ކޮށްފައި ވާނީ ހަށިވިއްކުމަށްޓަކައި ގެންގުޅޭ މީހުންކަމަށް ބެލެވޭ މީހުންގެ ފޮޓޯ ފޮނުވައި، ހަށިވިއްކުމާއި ގުޅުންހުރި މެސެޖްތައްކޮށް، އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވައި، ހަޑިހުތުރު އެއްޗެއްކަން އެނގިހުރެ ފޮނުވުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *