ނުރައްކާތެރި ކެމިކަލެއް އެކުލެވޭތީ ތައިލެންޑުގެ 15 ބޭހަކަށް ސަމާލުވާން އަންގައިފި

ނުރައްކާތެރި ކެމިކަލެއް އެކުލެވޭތީ ތައިލެންޑުގެ 15 ބޭހަކަށް ސަމާލުވާން އަންގައިފި

ތައިލެންޑުގެ ފާމަސިއުޓިކަލް ކުންފުންޏަކުން އުފައްދާފައިވާ 15 ވައްތަރެއްގެ ބޭސް ބޭނުން ކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ތައިލެންޑުގެ "ސެވެން ސްޓާ ފާމަސޫޓިކަލް ސީއޯ، އެލްޓީޑީ" އިން ބޭސް އުފެއްދުމުގައި ބޭނުން ކޮށްފައިވާ ސޯބިޓޯލް އެކްސްޕީޑިއެއްޓެއްގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެން ވާތީ، ތައިލެންޑުގެ ބޭސް ރެގިއުލޭޓުކުރާ އޮތޯރިޓީން 15 ބާވަތެއްގެ ބޭސް ރިކޯލްކޮށް އެކަން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

އެ ބޭސް ތަކަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭސް ތަކެއް ނޫން ކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ތައިލެންޑަކީ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅެ ގައުމަކަށް ވުމުން، ބައެއް ހާލަތް ތަކުގައި އަަމިއްލަ ބޭނުމަށް ތައިލެންޑުން ބޭސް އެތެރެ ކުރާތީ މިކަމަށް ސަމާލު ވުމަށްވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެއިތުރުން އެ އޮތޯރިޓީން ބުނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީ އަށް ބޭސް އެތެރެކުރާއިރު، ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓުތަކުގައި ބަލައި ފާސް ކުރަމުން ގެންދާނެ ކަމަށެވެ.

ފާހަގަ ކޮށްފައިވާ ބޭސްތަކަކީ:

1- ކާބޮސޯލް ސިރަޕް

2- ސްޓާޓެކް ސިރަޕް

3- ޕެރެސްޓާ ސަސްޕެންޝަން

4- ފޭޓެކް ސިރަޕް

5- ސެޓަފެން ސިރަޕް

6- ކޯ- ޓްރިމެކްޒޯލް މިކްސްޗާ

7- ކްރެސްބުފެން ސަސްޕެންޝަން

8- ޑޮމްޕާސްޓާ ސަސްޕެންޝަން

9- ކްރެސްޓްރިމް ސަސްޕެންޝަން

10- ކްރެސްކޯލެޓް ސިރަޕް

11- ކްރެސްޓެކް ސިރަޕް

12- ކްރެސްބްރޮކްޒޯލް ސިރަޕް

13- ސްޓަރޓިފިން ސިރަޕް

14- އިބުސްޓަރ ސަސްޕެންޝަން

15- ޑޮމްޕާކްރެސް ސިރަޕް

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *