ސިފައިންނާއި ފުލުހުންގެ މެޑިކަލް ޚަރަދު ބޮޑުވާތީ އޮޑިޓް އޮފީހުން ކަންބޮޑު ވެއްޖެ

ސިފައިންނާއި ފުލުހުންގެ މެޑިކަލް ޚަރަދު ބޮޑުވާތީ އޮޑިޓް އޮފީހުން ކަންބޮޑު ވެއްޖެ

ސިފައިންނާއި ފުލުހުންނަށް ލިބިދޭ ސްޓާފް މެޑިކަލް އެކްސްޕެންސްގެ ޚަރަދު ކޮންމެ އަހަރަކު އިތުރު ވަމުންދާތީ އޮޑިޓާ ޖެނެރަލް އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޮޑިޓް އޮފީހުން އިއްޔެ އާންމު ކުރި މިދިޔަ އަހަރުގެ ބަޖެޓް ރިވިއު ރިޕޯޓުގައި ބުނީ ސިފައިންނާއި ފުލުހުންގެ ސްޓާފް މެޑިކަލް އެކްސްޕެންސްގެ ގޮތުގައި 2023 ވަނަ އަހަރު ބަޖެޓުކޮށްފައި ވަނީ 170 މިލިއަން ރުފިޔާ ކަމަށެވެ. 2023 ވަނަ އަހަރު ނިމުނުއިރު 170 މިލިއަން ރުފިޔާގެ އެ ބަޖެޓް އެއްކޮށް ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

170 މިލިއަން ރުފިޔާގެ އެ ބަޖެޓް އެއްކޮށް ޚަރަދު ކުރުމަށްފަހު، 241 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އެއީ 2023 ވަނަ އަހަރަޑް ފާސްކޮށްފައިވާ ބަޖެޓަށް ވުރެ 35 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.

ސިފައިންނާ ފުލުހުންނަށް އާސަންދައިގެ ދަށުންވެސް ހިލޭ ބޭސް ކުރެވޭއިރު، އިތުރު ހެލްތު ސްކީމެއް ސިފައިންނާއި ފުލުހުންނަށް އޮތުމަކީ ދައުލަތުގެ މާލިއްޔަތަށް އިތުރުވާ ބުރައެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *