މި ދުވަސްވަރު އަނެއްކާވެސް ޑެންގީ ހުން ފެތުރެމުން ދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ ޑެންގީ ބަލި ކޮންމެ ވިއްސާރަ މޫސުމެއްގައި ވަރަށް ބޮޑަށް ފެތުރޭ ކަމަށެވެ. އެހެން އަހަރު ތަކުގެ މި ދުވަސްވަރާ އަޅާބަލައިރު މިދިޔަ ތިން ހަފުތާގައި ޑެންގީ ބަލި ޖެހިގެން ރިޕޯޓު ކުރި މީހުންގެ ގިނަ ވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިދިޔަ އޭޕްރީލް މަހު ޑެންގީ ޖެހިގެން 247 މީހުން ރިޕޯޓު ކުރި ކަމަށާއި މޭމަހުގައި ޑެންގީ ޖެހިގެން 610 މީހުން ރިޕޯޓްކުރި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ޑެންގީ ބަލި ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު 330 އަށް އެރި ނަމަވެސް ޖެހިގެން އައި މަހު އެ އަދަދު ވަނީ ދަށަށް ގޮސްފައި ކަމަށެވެ، އެހެންވެ ޑެންގީ ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.