ސީ ޕްލޭން އެކްސިޑެންޓްވި މައްސަލަ ތަހުގީގު ކުރަން ފަށައިފި

ސީ ޕްލޭން އެކްސިޑެންޓްވި މައްސަލަ ތަހުގީގު ކުރަން ފަށައިފި

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީ ޕްލޭނެއް ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓަށް ޖައްސަން އުޅެނިކޮށް އެކްސިޑެންޓްވި މައްސަލަ ތަހުގީގު ކުރަން ފަށައިފި ކަމަށް ސިވިލް އެވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.

ސީ ޕްލޭން އެކްސިޑެންޓުވި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވި ނަމަވެސް، ސީ ޕްލޭން ވަނީ އަޑިއަށް ގޮސްފައެވެ. ފަހުން އެ ސީޕްލޭން ވަނީ މައްޗަށް ނަގައިފައެވެ.

ސިވިލް އެވިއޭޝަނުން ބުނީ ސީ ޕްލޭން އެކްސިޑެންޓް ވެފައި ވަނީ އިއްޔެ 3:30 އެހާކަންހާއިރު ކަމަށެވެ. ސީ ޕްލޭން އެކްސިޑެންޓްވީ ކަނޑަށް ޖެއްސުމުގެ ތެރޭގައި ބޯޓުގެ ކަނާތު ކަނދަށް ގެއްލުން ވުމުގެ ސަބަބުން ކަމަށް ސިވިލް އެވިއޭޝަނުން ބުންޏެވެ.

އެ ސީ ޕްލޭނަކީ ޑީއެޗްސީ ޑޭޝް 6 މަރުކާގެ ބޯޓެއް ކަމަށާއި އޭގައި 11 ފަސިންޖަރުންނާއި ތިން ކުރޫއިން ތިބި ކަމަށް ސިވިލް އެވިއޭޝަނުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *