ތިން ވަނަ ދައުރަކަށް އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ ހުވާ މިއަދު މޯދީ ކުރެއްވި ރަސްމިއްޔާތު

އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ ހުވާ މޯދީ ކުރައްވައިފި

އިންޑިޔާގެ ބޮޑުވަޒީރު ކަމުގެ ހުވާ މޯދީ ކުރައްވައިފި

އިންޑިޔާގެ ބޮޑުވަޒީރުގެ މަގާމަގައި ހުންނެވި ނަރެންދުރަ މޯދީ ކޯލިޝަން ސަރުކާރަކާއެކު ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފިއެވެ.

އިންޑިޔާގެ ރިޔާސީ ގަނޑުވަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މޯދީ ހުވާ ކުރެއްވިއިރު، ކެބިނެޓް ވެސް ވަނީ އެކުލަވާލައްވައިފައެވެ.

ބީޖޭޕީއަށް މިފަހަރު އާންމު އިންތިޚާބުގައި ސަރުކާރު އެކުލަވައިލެވޭ ވަރަށް ގޮނޑި ކާމިޔާބު ކުރެވިފައިނުވެއެވެ. އެހެންވެ މޯދީއަށް ޖެހިވަޑައިގަތީ ބީޖޭޕީއާއެކު މަސައްކަތް ކުރި 15 ޕާޓީގެ ބައިވެރިވުމާއެކު ކޯލިޝަން ސަރުކާރެއް އެކުލަވާލައި، ކޯލިޝަނަކަށް ބަރޯސާވެގެން ވެރިކަން ކުރައްވާށެވެ.

މޯދީގެ ކޯލިޝަން ނުވަތަ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) ގައި ހިމެނޭ ބޮޑެތި ޕާޓީ ތަކުން ސަރުކާރު އެކުލަވާލުމުގައި މޯދީއަށް ބޮޑެތި ޑިމާންޑް ތަކެއް ކުރި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ޓައިމްސް އޮފް އިންޑިޔާ އިން ބުނި ގޮތުގައި މޯދީ ވަނީ ސަރުކާރު އެކުލަވާލުމުގެ ބޭނުމަށް އެހެން ޕާޓީ ތަކުގެ އެދުމަށް އެތައް ކަމެއްގައި ދޫދެއްވައިފައެވެ.

އެންޑީއޭގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ ޓެލްގޫ ދެސަމް ޕާޓީ (ޓީޑީޕީ) އިން 16 ގޮނޑި ކާމިޔާބު ކޮށްފައިވާއިރު، ކެބިނެޓުން އެ ޕާޓީއަށް ހަތަރު މަގާމު ދޭން ޖެހިފައިވެއެވެ.

ދެން 12 ގޮނޑިއާއެކު ދެ ވަނަ އަށް އެންމެ ގިނަ ގޮނޑި ލިބުނު ޖަނަތާ ދަލް (ޔުނައިޓެޑް) އިން ވަނީ ކެބިނެޓުން ދެ މަގާމު ދިނުމަށް އެދިފައެވެ.

އެކަމަކު އެންމެ ބާރުގަދަ ހަތަރު މަގާމު ކަމަށްވާ އިންޓީރިއާ، ފޮރިން، ފިނޭންސް އަދި ޑިފެންސް މިިނިސްޓްރީ ބީޖޭޕީއަށް ނޫނީ ނުދޭން ކަނޑައަޅާފައިވާ ކަމަށް އިންޑިޔާގެ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *