މިނިސްޓަރ ޒަމީރު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ރަނިލްއާ ބައްދަލު ކުރެއްވުން. ފޮޓޯ: ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަން

ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ލަންކާއިން ނިންމައިފި

ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ލަންކާއިން ނިންމައިފި

ސްރި ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ މިނިސްޓަރު މޫސާ ޒަމީރު، ލަންކާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން މިއަދު ވަނީ ލަންކާގެ މިނިސްޓަރ އޮފް ޕަބްލިކް ސެކިޔުރިޓީ ޓިރަން އަލެސްއާ ބައްދަލު ކުރައްވައި، ލަންކާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައި ކަމަށެވެ.

އަދި ވަނީ ލަންކާގައި ތައުލީމު ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުންނާއި އާއިލާތަކަށްވެސް ވިސާ ހޯދުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައި ކަމަށެވެ.

ޒަމީރު އެ ކަންކަމުގެ ކަންބޮޑުވުން ފާޅުކުރެއްވުމާއި ގުޅިގެން ލަންކާގެ މިނިސްޓަރ އޮފް ޕަބްލިކް ސެކިޔުރިޓީ ޓިރަން އަލެސް ވަނީ ދެ ގައުމުން ސޮއި ކޮށްފައިވާ ވިސާ ފެސިލިޓޭޝަން އެއްބަސްވުމާ އެއްގޮތަށް އިތުރު ތަކުލީފަކާ ނުލައި، ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ މަގު ފަހިކޮށް ދެއްވައި އެކަން ލިޔުމުން ޔަގީން ކޮށްދެއްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ލަންކާގައި ތައުލީމު ހާސިލު ކުރަމުންދާ ދިވެހި ދަރިވަރުން ކޮންމެ އަހަރަކު ދައްކަން ޖެހޭ ވިސާ ފީ އަށް އެކަށީގެންވާ ހައްލެއް ހޯދައިދެއްވާނެ ކަމުގެ ޔަގީން ކަންވެސް މިނިސްޓަރ އޮފް ޕަބްލިކް ސެކިޔުރިޓީ ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ދިވެހިންނަށް ވިސާ ހޯދުމުގައި ދިމާވެފައިވާ އިތުރު ދަތިތައް ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން ލަންކާއިން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ލަންކާއިން ހުސްވި މޭ މަހު ވަނީ ޓޫރިސްޓް ވިސާ ދިނުމުގައި އަަމަލު ކުރަމުން އައި އުސޫލަށް ބަދަލު ތަކެއް ގެނެސްފައެވެ. އުސޫލަށް ބަދަލު އައި ނަމަވެސް، ދިވެހިންނަށް އެ ގައުމަށް ދަތުރު ކުރުމަށް 30 ދުވަހަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށް ކުރީން އޮތީ ބުނެފައެވެ. ނަމަވެސް ވިސާ އިތުރު ކުރަން ބޭނުން ނަމަ ޖެހެނީ އެކަމަށް ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް ހުށައަޅާށެވެ. ކަމަށް އެދި ހުށައަޅާއިރު، އިދާރީ ފީ އެއް ވެސް ނަގައެވެ. އެއީ 35 ޑޮލަރުގެ ފީ އެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *