ހަތް ދާއިރާ އަކުން މީހުން ތަމްރީނު ކުރަން އެޗްޑީސީ އިން ފުރުސަތު ހުޅުވާލައިފި

ހަތް ދާއިރާ އަކުން މީހުން ތަމްރީނު ކުރަން އެޗްޑީސީ އިން ފުރުސަތު ހުޅުވާލައިފި

ތަފާދު ދާއިރާ ތަކުން ހުނަރުވެރި ދިވެހިން ތަމްރީން ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ހުނަރު ޕްރޮގްރާމްގެ ދަށުން އެޗްޑީސީ އިން ކުރިއަށް ގެންދާ “ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ތަފާތު 7 ދާއިރާ އަކުން މަސައްކަތްތެރިން ތަމްރީނު ކުރުމުގެ މަގްސަދުގައި 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ އަމަލީ ތަޖުރިބާ ކުރިއަށް ގެންދާނީ އެޗްޑީސީގެ ފަންނީ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ. އަދި މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ނޭޝަނަލް ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެއެވެ.

މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރާ ސެޓްފިކެޓެކެވެ. މީގެއިތުރުން 6 މަސް ދުވަހުގެ ޕްރޮގްރާމަށް ފަހު، ފުރުސަތު އޮތް މިންވަރަކުން، ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:

ކޮމްޕިއުޓަރ ހާޑްވެއަރ އެންޓް ނެޓްވޯކިން

ހެލްތް އެންޑް ސޭޕްޓީ އިން ކޮންސްޓްރަކްޝަން

ފްރަންޓް އޮފީސް

ގާޑްނިން

ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޒަން

މޭސަންރީ

އިލެކްޓްރިކަލް އިންސްޓޮލޭޝަން

18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރި ވެވޭނީ ގްރޭޑް 10 ނިންމާފައިވާ ނުވަތަ ލެވެލް 2 ގެ ސެޓްފިކެޓް ހާސިލް ކޮށްފައިވާ ފަރާތް ތަކަށެވެ. އަދި މި ޕްރޮގްރާމްގެ މުއްދަތުގައި، ޕްރޮގްރާމްގެ ބައިވެރިންނަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ.

ރާއްޖޭގައި ބިދޭސީ މުވައްޒަފުން މަސައްކަތް ކުރާ ނިސްބަތް މަދު ކުރުމަށާއި، ތަފާތު ދާއިރާ ތަކުން ހުނަރުވެރި ދިވެހިން ތަމްރީން ކުރުމުގެ ބޭނުމުގައި ހިންގާ މި ޕްރޮގްރާމް ކުރިއަށް ދަނީ އެ ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް ޔޫތް އެންޕަވަރމެންޓް އިންފޮމޭޝަން އެންޑް އާޓްސް އާއި، މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމެންޓް އޮތޯރިޓީ އާއި، ހަޔަރ އެޑިޔުކޭޝަން ގުޅިގެންނެވެ.

ތަފާތު ދާއިރާ ތަކުން މަސައްކަތްތެރިން ތަމްރީނު ކުރުމަށް އެޗްޑީސީން އަބަދުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *