ތޮއްޑޫ ކައުންސިލް އިދާރާގެ ކުރިމަތީގައި މިއަދު ކުރިއަށްދިޔަ މުޒާހަރާގެ ތެރެއިން.

ތޮއްޑޫ ކައުންސިލު ކުރިމަތީގައި ކުރި މުޒާހަރާގައި ފުލުހަކު ޒަޚަމް ވެއްޖެ

ތޮއްޑޫ ކައުންސިލު ކުރިމަތީގައި ކުރި މުޒާހަރާގައި ފުލުހަކު ޒަޚަމް ވެއްޖެ

ތޮއްޑޫގެ ދަނޑުބިންތައް ދަނޑުވެރިން އަތުން އަތުލަން ނިންމާފައިވާ ކަމަށް ބުނެ، އެ ރަށު ކައުންސިލު ކުރިމައްޗަށް އާންމުން އެއްވެ މުޒާހަރާކޮށް، ހަމަނުޖެހުން ހިންގައި ފުލުހަކު ޒަޚަމް ވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރުފަހު 1:00 ހާއިރުން ފެށިގެން ކައުންސިލު ކުރިމަތީގައި މުޒާހަރާކޮށް މަސްލަހަތު ނަގައިލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ފުލުހަކަށް އަނިޔާވީ މުޒާހަރާގެ ބައިވެރިން ތޮއްޑޫ ކައުންސިލުގެ ފުރާޅަށް ގައު އުކަން ފެށުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ.

މުޒާހަރާއާ ގުޅޭ މައުލޫމާތު ހޯދުމަށް ތޮއްޑޫ ކައުންސިލުގެ ރައީސް، އަހުމަދު ކަރަމްއަށް ގުޅިއިރު، އެ ތަނުގެ ހާލަތު ހުރިގޮތުން ވާހަކަދެއްކޭ ގޮތެއް ނުވިއެވެ.

ފުލުހުން އަންނަނީ އަދިވެސް އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *