ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާ ދައްކަން އަންގައިފި

ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1.7 ބިލިއަން ރުފިޔާ ދައްކަން އަންގައިފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،765،704،400  ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިނުވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ބިދޭސީން ވަޒީފާ އަދާކުރާ 10،619 ތަނެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އެ ތަންތަނުގައި ޖުމްލަ 102،807 ބިދޭސީ މަސައްކަތްތެރިން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

"102،807ބިދޭސީ މަސައްކަތްތެރީންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ކަމަށް ބެލެވޭ 1،765،704،400 ރުފިޔާ ވަޒީފާދޭ ފަރާތް ތަކުން ދައުލަތަށް ނުދައްކައި ހުރިކަން މި މިނިސްޓްރީއަށް ފާހަގަ ކުރެވިފައި ވެއެވެ" ހޯމް މިނިސްޓްރީން ބުންޏެވެ.

އެ ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދެއްކުމަށް ހޯމް މިނިސްޓްރީން ވަނީ އަންގައިފައެވެ. އަދި ފައިސާ ނުދައްކާ ފަރާތް ތަކުގެ ނަންތައް ހާމަކޮށް އެކްސްޕެޓް ސިސްޓަމުން އެ ފަރާތްތައް ސަސްޕެންޑްކޮށް އާ ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *