މޯދީ ތިންވަނަ ދައުރަކަށް އިންޑިޔާގެ ބޮޑު ވަޒީރުކަން ކަށަވަރު ކުރައްވައިފި

މޯދީ ތިންވަނަ ދައުރަކަށް އިންޑިޔާގެ ބޮޑު ވަޒީރުކަން ކަށަވަރު ކުރައްވައިފި

އިންޑިޔާގެ  އާންމު އިންތިޚާބުން ވެރިކަން ކުރާ ބީޖޭޕީ ހިމެނޭ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ކުރި ހޯދުމުން، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތިން ވަނަ ދައުރެއް ކަށަވަރު ވެއްޖެއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޤާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން، ބީޖޭޕީ ހިމެނޭ އެންޑީއޭއިން ވަނީ 291 ގޮނޑި ކާމިޔާބު ކޮށްފައެވެ. އޭގެތެރޭގައި ބީޖޭޕީގެ 239 ގޮނޑި ހިމެނޭއިރު މަޖިލީހުގެ އަޣުލަބިއްޔަތު 272 ގޮނޑިން ލިބެއެވެ. އިދިކޮޅު މައި ޕާޓީ ކޮންގްރެސްއިން އިސްކޮށް އޮންނަ އިންޑިޔާ ކޯލިޝަނަށް މިހާތަނަށް ލިބިފައި ވަނީ 234 ގޮނޑިއެވެ.

މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުން އެންޑީއޭއަށް އިތުރު ދައުރެއް ދިނުމުން، ސަރުކާރަށް އޮތް އިތުބާރު ހާމަވެފައިވާ ކަމަށެވެ. މޯދީ ވިދާޅުވީ މިއީ ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *