ރާއްޖޭގައި ތިބި އިސްރާއީލް މީހުން ރާއްޖޭން ފައިބަން އެގައުމުގެ ފޮރިން މިނިސްޓްރީން މިއަދު އެދިއްޖެއެވެ.
އިސްރާއީލްގެ ފޮރިން މިނިސްޓްރީން މިއަދު ވަނީ ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.
އެ ގައުމުގެ ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ ރާއްޖޭގައި ތިބި އިސްރާއީލް މީހަކަށް ނުރައްކަލެއް ކުރިމަތި ވެއްޖެނަމަ އެހީތެރިވުމަށް ދަތިވާނެ ކަމަށެވެ. އެހެން ކަމުން ރާއްޖޭގަައި ތިބި އިސްރާއީލް މީހުން ރާއްޖެއިން ފޭބުމަށް އެ ގައުމުން ވަނީ އެދިފައެވެ.
އެ ގައުމުގެ ފޮރިން މިނިސްޓްރީން މިގޮތަށް މި އެންގީ، އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އައުން ހުއްޓުވުމަށާއި، އިޒްރޭލް މީހުން ރާއްޖެއިން ފޭބުމަށާއި އަދި ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހުއްޓުވުމަށް ރާއްޖޭގައިވެސް އަޑު އުފުލުން ގަދަ ވެފައިވާ ދަނޑިވަޅެއްގައެވެ.